ރަނިލް ވިކްރަމަސިންހަ

ލަންކާގައި ކިޔަވަން ތިބޭ ކުދިންގެ މާމަ އަދި ކާފަޔަށް ވެސް ގާޑިއަން ވިސާ ދޭންފަށައިފި

އާނިފާ ހުސެއިން ސިރާޖް

އަވަށްޓޭރި ސްރީލަންކާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ މައިންބަފައިންނާއި މާމަ އަދި ކާފަޔަށް ވެސް، އެކުދިންނަށް 18 އަހަރު ފުރެންދެން އެގައުމުން ގާޑިއަން ވިސާ ދޭން ނިންމައިފިއެވެ.

ރައީސް ސޯލިހްގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެން މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ލަންކާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ ލަންކާގައި ކިޔަވަން ތިބޭ ދަރިވަރުންގެ މާމަ އަދި ކާފަޔަށް ވެސް އެކުދިންނަށް 18 އަހަރު ފުރެންދެން ގާޑިއަން ވިސާ އެގައުމުން ދޭނެ ކަމަށާއި މިއީ ލަންކާގައި ކިޔަވަން ތިބޭ ކުދިންނާއެކު އެކުދިންގެ މާމަ ކާފަމެންނަށް ލަންކާގައި އެކުދިންނާއެކު ގިނަވަގުތު ހޭދަކުރެވޭނެ ގޮތް ހެދުމަށް އެކުލަވާލި ނިޒާމެއް ކަމަށެވެ.

މީގެ އިތުރުން ލަންކާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ދެ ސްކޫލާއި، އައްޑޫގައި ޑްރަގް ރިހެބްލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ލަންކާގެ ބޮޑު ވަޒީރު ރަނިލް ވަނީ މިއަދު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ވިދާޅުވެފައެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ރަސްމީ ދަތުރުފުޅެއްގައި އިއްޔެ އިއްޔެ ރާއްޖެ ވަޑައިގެންނެވިއިރު، ދެގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ފަށައި ހަތަރު އެއްބަސްވުމެއްގައިވެސް ވަނީ ސޮއި ކުރައްވާފަ އެވެ.