ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެއަތޮޅު ހަނިމާދޫއަށް އަށް 10 މީހުންނާ އެކު ދަތުރުކުރި ލޯންޗު ބަންޑުންޖަހާލި ހާދިސާ ގައި މަރުވީ އެއް އާއިލާއެއްގެ ހަތަރު މީހުން ކަން "ވަން" އަށް ކަށަވަރުވެއްޖެއެވެ.
ވަންއަށް އެނގިފައިވާ ގޮތުގައި ހާދިސާގައި މަރުވެފައިވަނީ އެރަށު ސްކޫލުގައި އެންމެ ދުވަސްވީ އެއް ޓީޗަރު ކަމަށްވާ ހުސެއިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކެ އަދި އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރި ކަމަށްވާ 30 އަހަރުގެ ގުރެއިޝާ އާއި ތިން އަހަރުގެ ކާފަދަރިއެވެ. މި އާއިލާއަކީ ނޮޅިވަރަންފަރު އުނިމާގެއަށް ނިސްބަތްވާ އާއިލާއެކެވެ.
މަރުވި ތިންވަނަ އަންހެން މީހާ އަކީ އެރަށު ސްކޫލު އެހެން ޓީޗަރެއްގެ އަންހެނުން ކަމަށްވާ އައިޝަތުއެވެ.
އަދި މިހާދިސާގައި ދެން ހޮސްޕިޓަލަށް ގެންދެވުނު އަނެއް ފަސް މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންކަމަށާއި މި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ހަނިމާދު ހޮސްޕިޓަލުން "ވަން" އަަށް ވަނީ މައުލޫމާތުދީފައެވެ.