ލައިފް ސްޓައިލް

ސެންޓު ތި ބޭނުން ކުރަނީ އެންމެ ރަނގަޅަށްބާ؟

ބައެއް މީހުން ކޮޓަރިއަށް ނުވަތަ ތިމާ ހުންނަ ސަރަހައްދަކަށް ވަދެގެން އަންނަ އިރު އާދަޔާ ހިލާފަށް މީރުވަސް ދުވައެވެ. ދެން ހިތަށް އަރަނީ އެމީހަކު ވަރަށް ބައިވަރު ސެންޓު ޖަހައިގެން އައިސް ހުރީބާއޭ ނުވަތަ ވަރަށް އަގުބޮޑު ސެންޓެއް ބޭނުން ކުރީބާއޭ؟ ދެން ހަމަ އެ ސެންޓު ގަނެގެން ބޭނުން ކުރުމުންވެސް އެ ބޭނުންވާ ވަސް ގިނަ އިރު ދަމަހައްޓަން އުނދަގޫވެ އެންމެ އެދެވޭ ނަތީޖާ ނުލިބެއެވެ.

މީގެ ހައްލަކީ ކޮބައިބާއެވެ؟

އެކި ސެންޓު ގުޅެނީ އެކި މީހުނާއެވެ. އަދި ގިނަ ފަހަރު ސެންޓް ޖަހާގޮތް ނުވަތަ ބޭނުން ކުރާގޮތް ވަރަށް ބޮޑަށް އެ ސެންޓުގެ ވަސް ބަދަލުކޮށްލައެވެ. ތިރީގައި މިވަނީ ސެންޓު ބޭނުން ކުރާއިރު ނުވިސްނާ ކޮށްލެވޭ އޭގެން އެންމެ އެދެވޭ ނަތީޖާ ނުލިބޭ ކަންކަމެވެ.

1. ހެދުމަށް ސެންޓު ޖެހުން - ސެންޓަކީ ހެދުމަށް ޖަހާ އެއްޗެއް ނޫނެވެ. މިގޮތަށް ސެންޓު ބޭނުން ކުރުމުން އަވަހަށް ސެންޓުގެ ވަސް ކެނޑި އަދި ގިނަ ފަހަރު ހެދުމުގައި ސެންޓް ލަށްވެސް ޖެހޭތަން އާދެއެވެ.
2. މާގިނައިން ސެންްޓު ޖެހުން - ބައެއް މީހުން ސެންޓު ޖަހާއިރު ވަރަށް ބައިވަރު އެއްފަހަރާ ޖަހައެވެ. ހާއްސަކޮށް ބޮޑީ ސްޕްރޭ ބޭނުން ކުރާއިރު ހަންގަނޑު ތެތް ވަންދެން އެއް ދިމާލަކަށް ސްޕްރޭ ކޮށްލެވެއެވެ. ނަމަވެސް މިއީ ކުރުން އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި ހަށިގަނޑާ މާދުރުގައި ސެންޓު ފުޅި ބަހައްޓައިގެން ޖެހުމުން ސެންޓު ވާނީ އިސްރާފެވެ. އެހެންކަމުން ސެންޓު ނުވަތަ ބޮޑީ ސްޕްރޭ ބޭނުން ކުރަންވާނީ ހަށިގަނޑަށްވުރެ ފަހެއް ނުވަތަ ހަ ސެންޓި މީޓަރުގެ ދުރުމިނެއް ބަހައްޓައިގެންނެވެ.
3. ހަށިގަނޑުގެ ސެންޓް އެންމެ މުހިއްމުކޮށް ޖަހަންޖެހޭ ބައިތައް ނޭނގުން - ސެންޓު ޖަހާއިރު މުޅި ހަށިގަނޑަށް ސެންޓު ޖަހާކަށް ނުޖެހެއެވެ. އަތުގެ ހުޅު، ކަރުމަތި އަދި ކަކޫ ހުޅަކީ ސެންޓް ޖެހުން އެންމެ ރަނގަޅު ދިމާތަކެވެ. މިއީ އެންމެ ގަދައަށް ހަށިގަނޑުގެ ހޫނުކަން އަރާ ދިމާތަކަށްވާތީއެވެ.


ޓިޕެއް ދެން ހެއްޔެވެ. ހަށިގަނޑުގައި ސެންޓު ޖަހާ ދިމާތަކުގައި ވެސްލިން ހާކާލުމުން ގިނައިރު ވަންދެން ސެންޓުގެ ވަސް ހިފަހައްޓާނެއެވެ. އަދި މީގެ އިތުރުން އިސްތަށިގަނޑުގައާއި ގަމީހުގެ ގިރުވާނަށް ސެންޓު ޖަހާލުމުން ވެސް ސެންޓުގެ ވަސް ގިނަ އިރު ހިފަހައްޓާލައި ތިބާގެ ގައިން މީރުވަސް އިތުރަށް ދުވާނެއެވެ.