ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތް

ގްލޯބަލް ޔޫތު ޕީސް އެމްބެސެޑާސްގެ ބައިވެރީން ރާއްޖެއަށް އަންނަން ފަށައިފި

އާނިފާ ހުސެއިން ސިރާޖް

2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޕީސް އެމްބެސެޑާސް ޕްރޮގުރާމްގެ ބައިވެރީން ރާއްޖެއަށް އަންނަން ފަށައިފިއެވެ.

ރަފީ އެންޖީއޯއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގުރާމުގެ ފުރަތަމަ ބައިވެރިޔާ މިއަދު ރާއްޖެ އައިސްފައިވާއިރު، ރަފީ އެންޖީއޯއިން ބުނީ ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ރާއްޖެ ހިމެނޭ ގޮތުން ޖުމުލަ 30 ގައުމެއްގެ 100 އަށްވުރެ ގިނަ ބައިވެރީން މާލެ އަންނާނެ ކަމަށެވެ.

ގްލޯބަލް ޔޫތު ޕީސް އެމްބެސެޑާސް ޕްރޮގްރާމަކީ ސުލްހަވެރިކަން (ޕީސް) އަށް މަސައްކަތް ކުރާ އެމްބެސެޑަރުން ތަމުރީނު ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ތަމުރީނުވާ ހުރިހާ ޒުވާނުން ވެގެންދާނީ އެޒުވާނެއްގެ ގައުމުގައި ސުލްހަވެރިކަމަށް މަސައްކަތް ކުރާ ޕީސް އެމްބެސަޑަރަކަށް ކަމަށް ރަފީ އެންޖީއޯއިން މައުލޫމާތު ދެއެވެ. މި ޕްރޮގްރާމްގައި ހަ ގައުމަކުން ތަޖުރިބާކާރު ލެކްޗަރާއިން ބައިވެރިވާނެ ކަމަށްވެސް ރަފީ އެންޖީއޯއިން މައުލޫމާތު ދެއެވެ.

ގްލޯބަލް ޔޫތު ޕީސް އެމްބެސެޑާސް ޕްރޮގުރާމުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.