Close
ލައިފް ސްޓައިލް

ފިރިމީހާ އެއްވެސް ވަރަކަށް ދެބަސްނުވެ، މާ ލޯބިން އުޅޭތީ ވަރިވާން އަނބިމީހާ ކޯޓަށް ހިނގައްޖެ

އާނިފާ ހުސެއިން ސިރާޖް

އާއްމުކޮށް ދެމަފިރިން ވަރިވާ މައްސަލަތަކާ ހިލާފަށް، ޔޫއޭއީގެ އަންހެނަކު އޭނާގެ ފިރިމީހާ މާބޮޑަށް ރަނގަޅުވެ އެއްވެސް ވަރަކަށް ދެބަސްނުވެ އޭނާ ދެކެ މާ ލޯބިން އުޅޭތީ، ވަރިވުމަށް އެދި ކޯޓަށް ހިނގައްޖެއެވެ.

އަނބިމީހާއަށް އެހީތެރިވުމުގެ ގޮތުން މި ފިރިހެން މީހާ ކެއްކުމާއި، ކުނިކެހުމާއި، ގޭތެރެ ސާފުކުރުން ފަދަ ހުރިހާ މަސައްކަތެއް ކޮށް އުޅެއެވެ.

އަނބިމީހާ ކޯޓުގައި ބުނެފައިވަނީ ފިރިމީހާ ދުވަހަކުވެސް އޭނާއާ ދިމާއަށް ބާރަށް އެއްޗެކޭ ބުނެ ދެރަކޮށްފައި ނުވާކަމަށާއި ދުވަހަކުވެސް ކަމެއްގައި ދެބަސްވެސް ނުވާ ކަމަށެވެ.

ކައިވެންޏަށް އަހަރެއް ވެފައި ވާއިރުވެސް ދުވަހަކުވެސް ޒުވާބުކޮށްފައިނުވާއިރު، ފިރިމީހާ ގޭތެރެ ސާފުކުރުން ފަދަ ކަންތަކުގައި އެހީވެ މާބޮޑަށް އުޅޭތީ، ވަރިވާން ބޭނުން ކަމުގައިވެސް އަނބިމީހާ ކޯޓުގައި ވަނީ ބުނެފައެވެ.

"އަހަރެން ހުންނަނީ ދެބަސްވާނެ ފުރުސަތެއް ބޭނުންވެފަ ނަމަވެސް އަހަރެންގެ ރޮމޭންޓިކް ފިރިމީހާ އަބަދުވެސް އަހަންނަށް މައާފުކޮށް ގިފްޓްސް ގެނެސްދޭ، އެހެންކަމުން ދެބަސްވުމަކީ ނުކުރެވޭނެ ކަމެއް. އަހަރެން ބޭނުމީ ކަންކަން އަސްލު މަޝްވަރާކުރަން ޒުވާބު ކުރުންވެސް އެންމެ ރަނގަޅު، ބުނާ ހުރިހާ ކަމެއް ގަބޫލުކޮށްގެން އުޅޭ ފިރިއެއް އަދި މިހާ އަމާން ދިރިއުޅުމެއް ބޭނުމެއް ނޫން" އަނބިމީހާ ކޯޓުގައި އިތުރަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ބޭއްވި އަޑުއެހުމުގައި ފިރިމީހާ ކޯޓުގައި ބުނީ އޭނާ އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައި ނުވާނެ ކަމަށާއި އޭނާ ބޭނުންވީ "ޕާފެކްޓް" ފިރިއަކަށް ވާން ކަމުގައެވެ.

އަދި އަނބިމީހާ އޭނަގެ ބަރުދަނާ ބެހޭގޮތުން ޝަކުވާ ކުރުމުން ޖިމަށް ގޮސް ޑައިޓް ކޮށް ފިޓް ކޮށް ހުރުމަށް ބުރަ މަސައްކަތް ކޮށްފައިވާ ކަމަށްވެސް ފިރިހެން މީހާ ބުނެފައިވެއެވެ. މީގެ އިތުރުން ފިރިމީހާ ކޯޓުގައި ބުނީ ފުރަތަމަ އަހަރުގެ ތެރޭގައި ކައިވެންޏަށް ފާޑުކިޔާ ވަރިވާން ނިންމުން މިއީ އިންސާފެއް ނޫން ކަމަށާއި ކޮންމެ މީހަކަށް ވެސް ކަންތައްތައް ރަނގަޅު ކުރެވޭނީ ގޯސް ހެދިގެން ކަމަށެވެ.

މިމައްސަލައިގެ އަޑުއެހުމެއް މިހާރު ބާއްވާފައި ވާއިރު ފިރިމީހާ ވަނީ އެދެމަފިރިން ވަރިކޮށް ނުދިނުމަށާއި މައްސަލަ އަނބުރާ ނަގައިދިނުމަށް ކޯޓުގައި އެދިފައެވެ.