ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ޑރ. އަޒްމިރަލްޑާ އާއި ޝުޖޫންގެ ނަން ރައީސް ސޯލިހު ޖޭއެސްސީއަށް ފޮނުއްވައިފި

ޝަހީދާ އަބްދުﷲ ސައީދު

1

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 148ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް މ. ސީނާ ޑރ. އަޒްމިރަލްޑާ ޒާހިރު އާއި މ. ކޮކާހަނދުވަރު އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދު ގެ ނަމަށް، ޖުޑީޝަލް ސާރވިސަސް ކޮމިޝަންގެ ލަފައަކަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފޮނުއްވައިފިއެވެ.

ގާނޫނު އަސާސީގެ 148 ވަނަ މާއްދާގެ ހ. ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަޒުމިރަލްދާ އާއި އައިޝާ ސުޖޫން އައްޔަން ކުރެއްވުމާ މެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންވި އިރު، އެމާއްދާގައި ބުނަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ، ޖޭއެސްސީގެ ލަފާ ހޯދަން ޖެހޭނެ ކަމަށެވެ.

އަޒުމިރަލްޑާ އަކީ މީގެކުރިން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޝުޖޫނަކީ ސިވިލް ކޯޓުގެ ގާޒީ ކަން ކުރެއްވި ބޭފުޅެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކުރަން ނިންމާފައިވަނީ ކުރިން ވެސް އޮތް ގޮތަށް ހަތަކަށް އިތުރުކުރަން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހު ކުރުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިއެކޭ އެއްގޮތަށް ހަތަކަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެކޮއި

ރައީސް ސޯލިހައް ފަޑިޔާރުންއަށް ނަގަން ފެންނަނީ އަންހެން ބޭފުޅުން ތައް ފީހެންބޭފުޅުން ސަރިޔަތް ކުރަން ކަމުނުދަނީބާ