ޖެންޑާ މިނިސްޓަރ، ޝީދަތާ ޝަރީފް

ފަހަތަށް ޖެއްސިފައިވާ ގިނަ ދާއިރާތަކަކުން އަންހެނުން މިދައުރުގައި ފައިހަމަކުރާނެ: މިނިސްޓަރު ޝިދާތާ

މަރިޔަމް ޝަހުދާ

ފަހަތަށް ޖެއްސިފައިވާ ގިނަ ދާއިރާތަކަކުން ސަރުކާރުގެ މިދައުރުގައި އަންހެނުން ފައިހަމަކުރާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ ކައުންސިލް އިންތިހާބުގައި އަންހެނުންނަށް ވަކި ކޯޓާއެއް ކަނޑައެޅުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހުގެންނަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ކުރިއަށް ގެންދާ އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް 2019 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ޝިދާތާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކައުންސިލް އިންތިހާބުން އަންހެނުންނަށް 33 ޕަސެންޓު ހާއްސަކުރުމަށް ނިންމަވައި މިންތީގެ ހަމަހަމަކަމަށް ބާރު އަޅުއްވަން ރައީސް ސޯލިހު ނިންމެވި ކަން ފާހަގަކުރައްވައިފަ އެވެ.