އެޓާނީ ޖެނެރަލް، އިބްރާހިމް ރިފްއަތު އަދި ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން ޕެސިފިކް ރީޖަނަލް ލީގަލް އެއިޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންފިއެވެ.
އޭޖީ އޮފީހުން ބުނި ގޮތުގައި މިއީ ފިޖީގައި ގާނޫނުތައް ތަންފީޒު ކުރަމުންދާގޮތުގެ މައުލޫމާތު ހިއްސާކޮށް ރާއްޖެއަށް ލީގަލް އެއިޑް ދިނުމަށާއި ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
އޭޖީ އޮފީހުން "ވަން" އަށް މައުލޫމާތުދިން ގޮތުގައި މި ބައްދަލުވުން ކުރިއަށް ގެންދާނީ މިމަހުގެ 21 އިން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ފިޖީގައެވެ.
އޭޖީ އޮފީހުން ބުނީ މިއީ ގާނޫނުގެ ދަށުން އަދުލު އިންސާފު ގާއިމު ކުރުމަށް ޔުނައިޓެޑް ނޭޝަންސް ޑިވަލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީގެ) ފަރާތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށާއި އޭޖީއަށް ދެއްވި ދައުވަތެއްގައި ކުރެއްވި ދަތުރެއް ކަމަށާއި މި ދަތުރުގެ ހުރިހާ ހަރަދެއް ކުރައްވާނީ ޔޫއެންޑީޕީގެ ފަރާތުން ކަމަށެވެ.