ޖެންޑަރ މިނިސްޓްރީ

ޖެންޑާ މިނިސްޓްރީން ހޯދަމުން ދިޔަ އަންހެން މީހާގެ އާއިލާއިން މައުލޫމާތު ހިއްސާކޮށްފި

އާނިފާ ހުސެއިން ސިރާޖް

1

އިއްޔެ ޖެންޑާ މިނިސްޓްރީގެ ފަރާތުން ހޯދަން ފެށި މަގުމަތިވެ ހާލުގައި ޖެހިފައިވާ ކަމަށް ބެލެވޭ، އުމުރުން ދުވަސްވީ އަންހެން މީހާގެ އާއިލާއިން އެ މިނިސްޓްރީއާ މައުލޫމާތު ހިއްސާކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ބުނީ ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯގައި ފެންނަ އަންހެން މީހާގެ އާއިލާގެ ފަރާތުން މިނިސްޓްރީއާ މުއާމަލާތްކޮށްފައިވާ ކަމަށާއި މިނިސްޓްރީން މިހާރު އަންނަނީ އެކަން ހިނގައިދިޔަ ގޮތް ބަލަމުން ކަމަށެވެ.

ޖެންޑާ މިނިސްޓްރީން އޭނާ ހޯދަން ފެށީ، "ޒިރްކޯން" ނަމަކަށް ކިޔާ ގެއަކާ ޖެހިގެން ހުރި ގޯޅިގަނޑެއްގެ ފާރުގައި ލެގިލައިގެން އެ އަންހެން މީހާ އިން ފޮޓޯއެއް ޓުވިޓަރުގައި މީހަކު ހިއްސާ ކުރުމުންނެވެ. އެ ފޮޓޯއިން އެ މުސްކުޅި މީހާގެ މޫނުމަތިން ކަންބޮޑުވުމާއި ހިތާމަވެރިކަން ފެންނައިރު ބުރުގާ އަޅައިގެން އެ އަންހެން މީހާ އިނީ ފައިވާނަކަށް ވެސް ނާރައެވެ.

މި އަންހެން މީހާއާއި ބެހޭ އިތުރު މައުލޫމާތެއް ޖެންޑާ މިނިސްޓްރީން އަދި ދީފައެއް ނުވެ އެވެ.

އަލިފުޅު

އެ ފޮޓޯއިން އެ މުސްކުޅި މީހާގެ މޫނުމަތިން ކަންބޮޑުވުމާއި ހިތާމަވެރިކަން ފެންނައިރު ބުރުގާ އަޅައިގެން އެ އަންހެން މީހާ އިނީ ފައިވާނަކަށް ވެސް ނާރައެވެ. '' ބުރުގާ އަޅައިގެން އެ އަންހެން މީހާ އިނީ ފައިވާނަކަށް ވެސް ނާރައެވެ.'' ކޮންމެހެން ބުނަންޖެހޭތަ މިހެން. މާނައަކީ ބުރުގާ އެޅި ކޮންމެ މީހަކުވެސް އަބަދު ހުންނަންޖެހޭނީ ފައިވާނަށް އަރާފައޭ ދޯ.