އިނގިރޭސި ޕްރިމިއާ ލީގު

އާސެނަލް އާއި ލިވަޕޫލް ޕޮއިންޓަކުން ފުއްދާލައިފި

އިނގެރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ދެޓީމު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި އިނގެރޭސި މިޑްފީލްޑަރު ޖޭމްސް މިލްނާ ލަނޑެއް ޖަހާފައިވަނިކޮށް އާސެނަލްގެ ފްރާންސްގެ ތަރި އަލެގްޒެންޑާ ލަކަޒޭޓް ވަނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލްނާގެ މި ލަނޑަކީ ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކުރި 50 ވަނަ ލަނޑެވެ. ލިވަޕޫލް އަށް ކާމިޔާބުކޮށްދިން 14 ވަނަ ލަނޑެވެ.

ރޭގެ މެޗުން ލިވަޕޫލަށް ލިބުނު ތިން ޕޮއިންޓާ އެކު ލިވަޕޫލް އޮތީ 11 މެޗުން ލިބުނު 27 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 10 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ސައުތެމްޓަން އަތުން މޮޅުވެއްޖެނަމަ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. އަނެއްކޮޅުން ތިން ވަނައިގައި އޮތް ޗެލްސީ މިރޭ ކްރިސްޓަލް ޕެލަސް އަތުން މޮޅުވެއްޖެނަމަ އެ ޓީމު ދެ ވަނަ އަށް އަރާނެއެވެ.