ފުޓްބޯޅަ

ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ފެށުމާ ގުޅޭގޮތުން މަހުލޫފާއި ބައްސާމް މަޝްވަރާކޮށްފި

އަލީ ރިފްޝާން

1

ރާއްޖޭގައި ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ފެށުމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް މަޝްވަރާކުރައްވައިފިއެވެ.

ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ފެށުމާ ގުޅޭގޮތުން މިނިސްޓަރު މަހުލޫފާއި ބައްސާމް މަޝްވަރާކުރައްވާފައިވަނީ މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ފެށުމާ ގުޅޭގޮތުން މަޝްވަރާކޮށް، ފުޓްބޯޅައިގެ ޑެވަޕޮލްމަންޓާއި ޕްރޮމޯޝަންގެ ވާހަކަތައް ވެސް ދެކެވުނު ކަމަށެވެ.

އޭގެ އިތުރުން ރަނގަޅު ނަތީޖާތަކެއް ނެރުމަށް އެފްއޭއެމް އާއި ފުޓްބޯޅަ އާއިލާއާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ވެސް ހޯމް އެންޑް އަވޭ އުސޫލުން މުބާރާތެއް ކުރިއަށްދެއެވެ. އެ މުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް ބާއްވަމުން އަންނަ މިނިވަން ޗެމްޕިއަންޝިޕެވެ.