ކުރީގެ ރައީސް މުހައްމަދު ނަޝީދު

ތިމާވެއްޓާ ގުޅުންހުރި މަސައްކަތް ކުރުމަށް، ރައީސް ނަޝީދު ޖަމިއްޔާއެއް އުފައްދަވައިފި

އާނިފާ ހުސެއިން ސިރާޖް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ކުރެއްވުމަށް ޖަމިއްޔާއެއް އުފައްދަވައިފިއެވެ.

ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ކުރެއްވުމަށް "މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް" ގެ ނަމުގައި، ޖަމިއްޔާއެއް ކުރީގެ ރައީސް ނަޝީދު ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީ ކުރެއްވީ މިއަދު އެވެ.

މި ޖަމިއްޔާއަކީ މޫސުމަށް އަންނަ ބަދަލުތައް ދިރާސާކޮށް ފަރުތައް ހިމާޔަތްކޮށް ތިމާވެއްޓަށް ގެއްލުން ކުޑަވާނެގޮތަށް ދެމެހެއްޓެނިވި ތަރައްގީ ގައުމަށް ގެންނާނެގޮތް ހޯދުމަށް އުފެއްދެވި ޖަމިއްޔާއެކެވެ.

މިޖަމިއްޔާގެ އިދާރާއަކީ ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ އެވެ.