ބޮލީވުޑް

ކްރިތީ ސަނޮން އަލަށް ތުރިލާ ފިލްމަކުން

ކްރިތީ ސަނޮންގެ ނަން ބޮލީވުޑްގައި ފެވިފައިވަނީ އާދައިގެ، މިޑިލް ކްލާސް، ކުޑަ އަވަށެއްގެ ކެރެކްޓަރުތަކެއް ކުޅޭ ތަރިއެއްގެ ގޮތުގައެވެ. މިއީ އޭނާގެ ފޭނުން އޭނާ ބަލައިގެންފައިވާ ގޮތެވެ.

ކްރިތީގެ އެންމެ ފަހު ފިލްމަކަށް ރިލީސްވެފައިވަނީ "އަރްޖުން ޕަޓިއާލާ" އެވެ. އޭނާ މިހާރުވެސް އަންނަނީ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ހައުސްފުލް 4" އަދި "ޕަނިޕަތު" އެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ކްރިތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ލިސްޓަށް ފިލްމެއް އިތުރުވެއްޖެއެވެ. އެ ފިލްމަކީ ކްރިތީ ބޮލީވުޑްގައި ކުޅޭނެ ފުރަތަމަ ތުރިލާ ކަމަށްވެސް ވެއެވެ. ފިލްމުގައި އޭނާ ކުޅެނީ މެޑިކަލް ސްކޭމް ތަކެއްގެ މައްސަލަތަކެއްގައި އުޅެންޖެހިފައިވާ އާރްޖޭއެއްގެ ރޯލެވެ. ފިލްމުގެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފިލްމުގެ ޝޫޓިން މިމަހު ފަހުކޮޅު ފަށާނެ ކަމަށްވެއެވެ.