ސިޔާސީ

ރައީސް ޔާމީނަކީ ފައިމަގުގައި ކަނޑުއޮޅި ހުރަސްކުރެވޭނެ ގޮތް ހެއްދެވި ވެރިއެއް: މެޒޯ މުހައްމަދު

ފަތޯނާ ފާއިޒު

5

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ހަނި މަގު ފުޅާކޮށްދެއްވި ރައީސް ކަމަށް ބުނެ، މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) އެމަނިކުފާނަށް ތައުރީފު ކޮށް ވާހަކަދައްކައިފި އެވެ.

މެޒޯ މުހައްމަދަކީ މީގެ ކުރިން އެމްޑީޕީއަށް ވަރަށް ބޮޑަށް ތާއީދު ކުރި މީހެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް އޭނާ އަންނަނީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ވަަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

މެޒޯ މުހައްމަދު ކުރި ޓްވީޓެއްގައި ބުނީ ރައީސް ޔާމީނަކީ ހަނި މަގު ފުޅާ ކޮށްދެއްވި ރައީސް ކަމަށާއި އެމަނިކުފާނަކީ ފައިމަގުގައި ކަނޑުއޮޅި ހުރަސް ކުރެވޭނެ ގޮތްވެސް ހައްދަވައިދެއްވި ވެރިއެއް ކަމަށެވެ. މެޒޯ ބުނީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރީ ދޮގު އިލްޒާމުން ރައްޔިތުންގެ ބުއްދިއާ ކުޅެގެން ކަމަށްވާނަމަ، އެކަންވާނީ ހީލަތްތެރި، އަދި ވެރިކަމަށް ދަހިވެތި ބަޔަކު ހިންގި ހުތުރު އަމަލަކަށް ކަމަށެެވެ.

މެޒޯ ރައީސް ޔާމީނަށް ތައުރީފު ކޮށްފައިވާއިރު، އޭނާ މީގެ ކުރިންވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަ ދައްކައިފައެވެ. އެގޮތުން ރާއްޖެއަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސް ދެއްވީ ރައީސް ޔާމީން ކަަމަށް މެޒޯ ވަނީ ބުނެފައެވެ.