ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތް

ގްލޯބަލް ޔޫތު ޕީސް ވޯކްގައި ހިލޭ ބައިވެރިވެވޭނެ

އާނިފާ ހުސެއިން ސިރާޖް

މިމަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ގްލޯބަލް ޔޫތު ޕީސް ވޯކްގައި ހިލޭ ބައިވެރިވެވޭނެކަމަށް ގްލޯބަލް ޕީސް ވޯކް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަފީ އެންޖީއޯއިން ބުނެފިއެވެ.

ރަފީ އެންޖީއޯއިން ބުނީ ކުރީން 150 ރުފިޔާގެ ފީއެއް ދައްކައިގެން މި އިވެންޓްގައި ބައިވެރިވެވޭގޮތަށް އޮތް ނަމަވެސް މިހާރު އެއްވެސް ފީއަކާ ނުލައި ބައިވެރިވެވޭނެ ކަމަށެވެ.

މި ހިނގާލުމަކީ ޒުވާނުންގެ ފަގީރުކަން ނައްތާލުމަށް ގޮވާލައި ކުރިއަށްގެންދާ ސުލްހަވެރި ހިނގާލުމެކެވެ.

މި ހިނގާލުމުގައި ކޮންމެ އުމުރުފުރައެއްގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. އެގޮތުން މި ހިނގާލުމުގައި 30 އަށް ވުރެ ގިނަ ގައުމުތަކުން އެމީހުންގެ ދިދައާއެކު ބައިވެރިވާނެކަމަށް ރަފީ އެންޖީއޯއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން މި ހިނގާލުން ނިންމާ ކޮންމެ ބައިވެރިއަކަށްވެސް މެޑަލް ގަންނަށް ލިބެން ހުންނާނެ ކަމަށާއި މި މެޑަލްސްގެ ސްޓޮކް ލިމިޓެޑް ކަމަށް "ވަން" އަށް މައުލޫމާތު ދެއްވަމުން ރަފީ އެންޖީއޯގެ ފައުންޑާ އަދި ރައީސާ، އައިޝަތު ރަފިއްޔާ ވިދާޅުވިއެވެ. ހިނގާލުން ނިންމުމަށްފަހު އިންޓަނޭޝަނަލް ލެވެލްގެ ސެޓިފިކެޓް ބޭނުން ފަރާތްތަކުން [email protected] އަށް މައުލޫމާތު މެއިލްކޮށްލުމުން އެފަރާތަކަށް އީސެޓިފިކެޓް މެއިލްކުރާނެކަމަށްވެސް ރަފީ ވިދާޅުވިއެވެ.

މި ހަރަކާތް ދުނިޔޭގެ އެކި މީޑިއާތަކުން ކަވަރު ކުރާނެ ކަމަށް ރަފީ މައުލޫމާތު ދެއްވިއެވެ.

މި އިވެންޓަކީ ރަފީ އެންޖީއޯ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިންޓަނޭޝަނަލް އިވެންޓެކެވެ.

''ވަން' އަށް މައުލޫމާތުދެއްވަމުން ރަފިއްޔާ ވިދާޅުވީ މިއީ ރާއްޖޭގައި ކުރިއަށްގެންދާ މިފަދަ ފުރަތަމަ އިވެންޓު ކަމަށެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުން ފެށުމަށް ހަމަޖައްސާފައިވާ މި އިވެންޓު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 30 ވަނަ ދުވަހު ހެނދުނު 6:00 އިން 8:00 އަށެވެ. އަދި މި ހިނގާލުމުގައި ރަޖިސްޓަރީ ވާ ކޮންމެ މީހަކަށް ޓީޝާޓާއި ބިބް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. ތިރީގައިވާ ލިންކުގައި ވާ ފޯމު ފުރުމުން މި ހިނގާލުމަށް ރަޖިސްޓަރީ ވެވޭނެއެވެ.

https://docs.google.com/forms/d/e/1FAIpQLSd6lBXX8rtN-ShLijA7YOySskzOgnV5W4yrH9I9iLXDv9s8jQ/viewform

މި ހިނގާލުމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ''ވަން އޮންލައިން'' އެވެ.