ޚަބަރު

ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވަނިކޮން މީހަކު އަތުލައިގެންފި

އާނިފާ ހުސެއިން ސިރާޖް

ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ސައިކަލެއް ދުއްވަނިކޮން ބުރުޒުމަގުން މީހަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ސައިކަލު ދުއްވަނިކޮން މިރޭ 6:28 ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މި ސައިކަލު މިހާރު ވަނީ ސައިކަލުގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.