ޚަބަރު

ބުރުޒު މަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

އާނިފާ ހުސެއިން ސިރާޖް

ބުރުޒުމަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ބުރުޒު މަގު އިރުން ހުޅަނގަށް ދުއްވާފައިދިޔަ ކާރަކާއި ޖަނަވަރީ ހިނގުމުން ބުރުޒު މަގަށް ހުރަސްކުރި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 8:35 ހާއިރު ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓްވި ސައިކަލު އަދި ކާރު ދުއްވަން އިން ދެމީހުންގެ އަތުގައިވެސް ލައިސެންސް އޮތް ކަމަށާއި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.