ޚަބަރު

އިންޑިއާގައި ދިވެހިން ކިޔަވާ ކޮލެޖެއްގައި އަލިފާން ރޯވެއްޖެ

ފަތޯނާ ފާއިޒު

އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ކޮލެޖުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އިންޑިއާ ޓުޑޭއިން ރިޕޯޓް ކުރާ ގޮތުގައި އެއިމްސްގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާނުގެ އަސަރު ކޮށްފައިވަނީ އެންމެ ފުރަތަމަ ފަސް ފަންގިފިލާއަށެވެ. އަލިފާން އެންމެ ފުރަތަމަ ރޯވެފައިވަނީ ފުރަތަމަ ދެ ފަންގިފިލާގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ. އަދި އެއިމްސްގައި ރޯވި އަލިފާންގަނޑުވެސް މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެެވެ.

އެ ކޮލެޖަކީ ދިވެހި ދަރިވަރުންވެސް ތައުލީމް ހާސިލު ކުރަމުން އަންނަ ކޮލެޖަކަށްވުމާއެކު، އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ އެ ހާދިސާގައި ދިވެހި ކުއްޖަކަށް އެއްވެސް ކަމެއް ނުވާ ކަމަށާއި އެންމެންވެސް ތިބީ ރައްކާތެރިކޮށް ކަަމުގެ ޔަގީންކަން އަރުވާފައެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން ކަންބޮޑުވުމެއް އޮތް ނަމަ އެމްބަސީއާ ގުޅަންވެސް އެދިފައިވެއެވެ.