ޚަބަރު

ފުލުހުުންނަށް އިންޒާރުދީ ފުލުހުންގެ ސައިކަލަަކަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

އދ. މަހިބަދޫގައި ފުލުހުންނަށް އިންޒާރުދީ ފުލުހުން ދުއްވަން ގެންގުޅޭ ސައިކަލަކަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ 12:15 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި މީހާ ފުލުހުންގެ ސައިކަލަކަށް ދިނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.