ރެސްކިއު

ރިސޯޓަކުން ސްނޯކްލިންއަށް ދިޔަ ދެމަފިރިއެއްގެ ހަބަރެއް ނުވެގެން ހޯދަނީ

އއ. މޫފުށި ރިސޯޓުން ސްނޯކްލިންއަށް ދިޔަ ފަތުރުވެރި ދެމަފިރިއެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ސްނޯކްލިންއަށް ދިޔަ ފަތުރުވެރި ދެމަފިރިއެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑު މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ރިޕޯޓްކުރީ މިއަދު 11:19 ގައި ކަމަށެވެ.

މިދެމަފިރިން ސްނޯކުލިންއަށް ފޭބީ އެރަށު ފަޅުތެރެއަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި ސްނޯކްލިންއަށް ދިޔަ ދެމަފިރިން ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.