ހިންމަފުށި އައްސޭރި ޖަލުން ފިލި ގައިދީއަކު، ހޯދުމަށްފަހު އަނބުރާ ޖަލަށް ވައްދައިފިއެވެ.
ފުލުހުން މިއަދު ބުނީ، ހިންމަފުށި އައްސޭރި ޖަލުގައި ހުރި ގައިދީއަކު، ރޭ 10:08 ހާއިރު ޖަލުން ފިލާފައިވާކަމުގެ މައުލޫމާތު ހިންމަފުށީ ޕޮލިސް ސްޓޭޝަނަށް ލިބިފައިވާކަމަށެވެ.
އަދި އޭނާ ހޯދުމަށް ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ކުރި މަސައްކަތުން ރޭ 10:13 ހާއިރު އޭނާ ހޯދުމަށްފަހު އަނބުރާ ހިންމަފުށި ޖަލަށް ގެންގޮސްފައިވާކަމަށެވެ.
އޭނާ ހޯދާފައިވަނީ އެނާ ހޯދުމަށް މަސައްކަތް ކުރި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.