ކުއްލި ޚަބަރު

ނިޔާވި ކަމަށް ބުނާ ހައްޖުވެރިޔާ އޮތީ ކޯމާއެއްގައި: ހައްޖު މިޝަން

މަރިޔަމް ޝަހުދާ

މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ގޮސް ހުއްޓާ ނިޔާވި ކަމަށް ބުނާ އަންހެން މީހާ އޮތީ ކޯމާއެއްގައި ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފި އެވެ.

ހައްޖު މިޝަން އިން މިއަދު ބުނީ، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިއެއް ކަމަށްވާ ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ މުހައްމަދު، 38 އަހަރު މިނާގެ ޓެންޓުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން މިނާގެ "މިނާ އަލްވާދީ" ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ އޮތީ ކޯމާއެއްގައި ކަމަށާއި ލައިފް ސަޕޯޓްގައި ކަމަށް ވެސް ހައްޖު މިޝަން އިން މައުލޫމާތުދެ އެވެ.

ނޯޓް: މީގެ ކުރީން ސީމާ މުހައްމަދު ނިޔާވެފައިވާ ކަމަށް "ވަން އޮންލައިން" ގައި ހަބަރު ޝާއިއު ކުރީ އެ ހައްޖުވެރިޔާގެ އާއިލާގެ މެންބަރަކާ ހަވާލާދީ ފ. ދަރަނބޫދޫ ކައުންސިލްގެ ރައީސް އަލީ މުހައްމަދު އެކަން ކަށަވަރު ކޮށްދެއްވާފައިވާތީ އެވެ.

އަދި އެކަމަށްޓަކާ ސީމާ މުހައްމަދުގެ އާއިލާގެ ފަރާތުންނާއި ވަން އޮންލައިންގެ ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ. އަދި ވަން އޮންލައިންގެ ފަރާތުން އެދެނީ ސީމާ މޫސާއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމެވެ. އާމީން