ވިލިމާލެ ބީޗް ސަރަހައްދު މޫދުން ދެމީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ ދެމީހުން ހޯދަމުންދަނީ، މެރިން ޕޮލިހާއި ކޯސްޓްގާޑް ގުޅިގެން ކަމަށެވެ.
ހަވީރު ފަހެއް ޖަހާކަންހާއިރު އެމީހުން ގެއްލިފައިވަނީ އޮރެންޖު ކުލައިގެ ކެނޯއެއްގައި މޫދަށް އެރި އުޅެނިކޮށްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ދެ ފިރިހެނުން ކަމަށެވެ.
އެއީ 20 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.
މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުން ކަނޑުމަތީގައި އެކި ހާދިސާ ހިނގައި ފުލުހުންނާއި އެމްއެންޑީއެފްއަށް އަންނަނީ ރިޕޯޓު ކުރަމުންނެވެ.
މޫސުން ގޯސްވެފައިވާތީ، ކަނޑު ދަތުރު ކުރުމުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމާއި ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.