ބިއުޓީ

ކައިލީތަ ރިހާނާތަ: ބްލޫ ލިޕްސްޓިކް ގުޅެނީ ކާކާ؟

ކައިލީ ޖެނާ އާއި ރިހާނާ އަކީ މަގްބޫލު ދެ ބިއުޓީ ބްރޭންޑު ގެންގުޅޭ ދެފަރާތެވެ. ލިޕްސްޓިކް ގެ އެކި ކުލަ ތަކުގެ ޝޭޑްތައް މާކެޓަށް މިހާރު ނެރެފައިވާ އިރު ކޮންމެ ކޮންމެ މީހަކަށް ބޯލްޑް ކުލަތައް ޖައްސާކަށް ނުކެރެއެވެ. އެކި މީހުނާ ގުޅެނީވެސް އެކި ކުލަތަކެވެ. ކައިލީ އާއި ރިހާނާވެސް ވަނީ ބޯލްޑް ޕިންކް، ކޮރަލް، ގްރީން އަދި ބްލޫ ޕިގްމަންޓްސްތައް ލިޕްސްޓިކްގެ ގޮތުގައި ބޭނުން ކޮށްފައެވެ.

ވަރަށް ފަހުން ކައިލީ ކުރި ސްނެޕެއްގައި ޓީލް ކުލައިގެ ލިޕްސްޓިކެއް ވަނީ ބޭނުން ކޮށްފައެވެ. މިއީ ކައިލީގެ ހެލޮއިން ކަލެކްޝަންގެ ތެރެއިން އެއް ކުލައެވެ. އުމުރުން 21 އަހަރުގެ ކައިލީ ބުނި ގޮތުގައި އެ ކުލައިގެ ޓޯން ހެދުމަށް ޝައުގުވެރިވީ 2014 ވަނަ އަހަރު އޭނާގެ ބޮލުގައި ނޫކުލަ ޖެއްސުމުން އެ ކުލަ ގިނަ ބަޔަކަށް ރީތި ވުމާ ގުޅިގެންނެވެ. އެހެން ކަމުން އެ ލިޕްސްޓިކަށް ކީ ނަމަކީ ވެސް "2014" އެވެ.

ނަމަވެސް ގިނަ ބަޔަކު ވަނީ ކައިލީގެ މި ކުލަ ރިހާނާ މިދިޔަ އަހަރު ނެރުނު ލިޕްސްޓިކް ލައިންގެ ނޫ ކުލައާ އެއްވައްތަރު ކަމަށް ބުނެފައެވެ. ރިހާނާގެ ބިއުޓީ ބްރޭންޑް ފެންޓީ ލައިންގައި ހިމެނޭ ލިޕްސްޓިކް ކުލަ ތަކަކީ ވަރަށް ފަންކީ ކުލަތަކެއް ހިމެނޭ ލައިންއެކެވެ. 2013ގައި ރިހާނާ ވަނީ ޕިކްސީ ކޮށް ބޯ ކޮށުމަށްފަހު ގަދަ ނޫކުލަ ތުންފަތުގައި ޖައްސައިގެން މީހުނަށް ދައްކައިލައިފައެވެ. މިއީ ކައިލީ ނެރުނު 2014 ލިޕްސްޓިކާ ވަރަށް ވައްތަރު ކުލައެކެވެ. ޖެހިގެން 2014 ވަނަ އަހަރު ރިހާނާ ވަނީ ސްޕޭސް އިންސްޕަޔާޑް އިލެކްޓްރިކް ބްލޫ ލިޕް ކުލައެއް ވެސް ތުންފަތުގައި ބޭނުން ކޮށްފައެވެ. ފަހުން އެނގިފައިވާ ގޮތުގައި ރިހާނާ ތުންފަތުގައި ހާކާފައިވަނީ އައިލައިނާ އެކެވެ.

ކައިލީ އާއި ރިހާނާގެ ޓްސޭޓްތައް ވެސް ވަރަށް އެއްގޮތެވެ. މި ދެ މީހުން ވެސް ވަނީ ނޫކުލައިގެ އިތުރުން ފެހި ކުލައިގެ ލިޕްސްޓިކްވެސް ތުންފަތުގައި ބޭނުންކޮށް މާކެޓަށް ނެރެފައެވެ.

މިދިޔަ ޑިސެމްބަރުގައި ފެންޓީ ބިއުޓީގެ މެޓެމޮއިޒެލްގެ ލައިން ލޯންޗު ކުރި އިރު ރިހާނާ ވަނީ އެލައިންގެ ފެހި ކުލައިގެ ލިޕްސްޓިކް ޕްރޮމޯޓްކޮށްފަ އެވެ. އެ ލިޕްސްޓިކަށް ކީ ނަމަކީ "ވަސާބީ" އެވެ. މިއީ ޑީޕް އާމީ ގްރީން އެކެވެ. އޭގެ ހަތަރު މަސްފަހުން ކައިލީ ވަނީ އޭނާގެ ކައިލީ ކޮސްމެޓިކްސް ލައިންއަށް ވެސް ޑީޕް ގްރީންގެ ލިޕްސްޓިކެއް އިތުރުކޮށްފަ އެވެ.

މި ދެ ތަރިންވެސް ގްރީން އަދި ބްލޫ ލިޕްސްޓިކްގައި ބޯލްޑްކޮށް ފެންނައިރު ދެ ތަރިންނާވެސް މި ކުލަތައް ގުޅެއެވެ. މިހާރު މި ދެ ބްރޭންޑްގެ ފޭނުން ބަލަބަލައި ތިބީ ދެން ނުކުންނާނީ ކޮން ޓްރެންޑެއްތޯ އެވެ. ރީނދޫ ކުލަ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.