ޓުއަރިޒަމް

ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން 10 ޕަސެންޓް ސާވިސްޗާޖްނަގައި 99 ޕަސެންޓް ބަހަން ލާޒިމް ކުރަނީ

އިބްރާހިމް ޒަކީ

ރިސޯޓްތަކާއި، ސަފާރީ ތަކާއި ގެސްޓް ހައުސްތަކާއި ރެސްޓޯރެންޓް ހޮޓާފަދަ ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން، ދިހަ ޕަސެންޓްގެ ސާވިސް ޗާޖެއް ނަގަން ލާޒިމްކުރާގޮތަށް، ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީފާއާބެހޭ ގާނޫނުގެ 51 ވަނަ މާއްދާއަށް އެފަދަ އިސްލާހެއް ގެންނަން ހުށަހެޅުއްވީ، ރިސޯޓްތަކުން 10 ޕަސެންޓްގެ ސާވިސްޗާޖުނަގައި އޭގެ ތެރެއިން 99 ޕަސެން މުވައްޒިފުންނަށް ބެހުމަށް ލާޒިމްކޮށް، ރައްޖޭގެ ހުރިހާ ރިސޯޓަކުން ސާވފިސްޗާޖްދޭގޮތް ބަލައި މޮނީޓާކޮށް ހުރިހާ ރިސޯތަކުން އެއް އުސޫލަކުން ސާވިސްޗާޖް ދިނުމަށް ބާރު އަޅައި، ގާނޫނަށް އިސްލާހު ގެނައުމަށް ލަފާތީ އިގްތިސާދީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ކުރިއަށްދިޔަ ބަހސުްގައެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ސާވިދސް ޗާޖު ނަގާކަށް ލާޒިމެއްނޫނެވެ.

ވަޒީފާއާބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ވަޒީފާދޭ ފަރާތަށް ހިދުމަތް ލިބިގަންނަ ފަރާތްތަކުން އެއްވެސް ސާވިސް ޗާޖެއް ނަގާނަމަ، ފާއިތުވެފައިވާ މަހު ލިބުނު ފައިސާ ނުވަތަ އެ ފައިސާއިން މި މާއްދާގެ (ށ) ަގއިވާ ގޮތުގެމަތިން ވަޒީފާސދޭ ނަގާ އިދާރީފީ ކެނޑީމަށްފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އޭނާގެ މުވައްޒިފުންނަށް ބަހައި ނިންމަންވާނެ ކަމަށެވެ. އަދި އެމާސްދާގެ

(ށ) ގައި ބުނެފައިވަނީ، ސާވިސްޗާޖުގެ ގޮތުގައި، ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއްޕަސެންޓަށްވުރެ ގިނަނޫން އަދަދެއްގެ ފައިސާ، އިދާރީ ފީއެއްގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ނެގިދާނެ ކަމަށެވެ.

ކޮމިޓީން ރިޕޯޓް ހުށަހަޅާފައިވަނީ ސާވިސްޗާޖުނެގުުން ރިސޯތްތަކަށް ލާޒިމް ކުރަން ނަމަވެސަް، ބައެއް މެންބަރުން ވަނީ ރިސޯޓްތަކުުގެ އިތުރުން، ފަތުރުވެރިންނަށް ހިދުމަތްދޭ، ސަފާރީ ތަކާއި ގެސްތް ހައުސް ތަކާއި ކޮޓާތަކާއި ރެސްޓޯރެންޓްފަދަ ތަންތަނުންވެސަް ސާވިސްޗާޖުނަގަލް ލާޒިމް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ވަޒޫފާއާެބހޭ ގާނޫނުގެ 51 ވަނަ މާއްސާއަށް އެ އިސްލާހު އިތުރު އަކުރެއްގެ ގޮތުގައި ހިމެނުމަށްވެސް ބައެއް މެންބަރުން ހުށަހެޅުއްވިއެވެ.

ނަމަވެސް ގިނަ މެންބަރުން ވިދާޅުވީ، މިއީ މުހިއްު އިސްލާހެއް ކަމަށާއި ބަލްނެޖޙޭ ގިނަ ކަންތައްތަކެއް ހުރުމުން މި އިސްލާޙު އަލުން ކޮމިޓީއަށް ފނުވައިގެން އިތުރަށް ދިރާސާ ކުރަންެޖހޭ ކަމަށެވެ. އެގޮތުން ސާވިސް ޗާޖު ނެގުން ލާޒިމް ކުރަނީ ލިބޭ ފަިސާގެ ކޮން ބަޔަކުންކަން ކަނޑައަޅާން ޖެހޭކަމަށް އެ މެންބަރުން ވިދާޅުވިއެވެ.

ބައެއް މެންބަރުން ވިދާޅުވީ، މި މައްްސަލައަކީ މެންބަރަކު ކޮމިޓީއަށް ހުށަހެޅުއްވި ހިޔާލެއް ކަމަށާއި، ގާނޫނަށް އިސްލާހެެއްގެ ގޮތުގައި އެ ރިޕޯޓް ހިމެނިގެންނުވާނެ ކަމަށެވެ. ގާނޫނަށް އިސްލާހެއް ގެްނނައިރު، މަޖލީހުގެ ގަވާއިދުަގއިވާ އިޖުރާއަތްތައް ފުރިހަމަކުރަންޖެހޭ ކަަމަށް އެ މެންބަރުން ވިދާޅުވިއެވެ.