ދުނިޔެ

މުޅި ދުނިޔެއިން ފޭސްބުކާއި އިންސްޓަގުރަމްގެ ހިދުމަތް ކެނޑިއްޖެ

ދުނިޔޭގެ މަޝްހޫރު ސޯޝަލް މީޑިއާ އަދި ސޯޝަލް ނެޓްވޯކިން ހިދުމަތް ފޭސްބުކް އަދި އިންސްޓަގުރަމްގެ ހިދުމަތް އެއްކޮށް ކެނޑިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން، މިއަދު މެންދުރުން ފެށިގެން ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އުޅޭ އެތައް ހާސް ޔޫޒަރުންނަކަށް ފޭސްބުކްގައި އެއްޗެހި ޕޯސްޓް ކުރުމާއި ޝެއާ ކުރުން އަދި ބައެއް ޔޫޒަރުންގެ އެކައުންޓްތަކަށް ވަނުމަށް ވަނީ ދަތިވެފައެވެ. އަދި ފޭސްބުކަށް މައްސަލަ ދިމާވި ފަހުން ފޮލޯ ނުކުރާ ޔޫޒަރުންގެ ޕޯސްޓުތައް ވެސް ފީޑަށް އަންނަމުންދާ ކަމުގެ ރިޕޯޓްތައް ވެސް ދަނީ ރިޕޯޓް ކުރަމުންނެވެ.

ފޭސްބުކް ކުންފުނީގެ ކުޑައިގެ ދަށުން ހިންގާ އިންސްޓަގުރަމްގެ ޔޫސަޒަރުންނަށް ވެސް އެމީހުންގެ އެކައުންޓުތަކަށް ނުވަދެވޭ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. އަދި އިންސްޓަގުރަމް ޑައުން ވެފައިވަނީ މެއިންޓަނެންސް މަސައްކަތެއް ކުރުމަށް ކަމަށް ބުނެ އެ އެޕުން ޔޫޒަރުންނަށް މެސެޖް ކޮށްފައިވާ ކަމަށްވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، މި މައްސަލަ އައިފޯން އަދި އެންޑްރޮއިޑް ބޭނުންކުރާ ޔޫޒަރުންނަށް ވެސް ދަނީ ދިމާވެފައެވެ.