އެމްޓީސީސީ

އެމްޓީސީސީ އިން ދ އަތޮޅުގައި ފެރީގެ ހިދުމަތް ފަށައިފި

މަރިޔަމް ޝަހުދާ

އެމްޓީސީސީ އިން ދ އަތޮޅުގައި ލިންކް ފެރީގެ ހިދުމަތް ފަށައިފި އެވެ.

އެމްޓީސީސީން ''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހިދުމަތް ދޭން ފަށާފައި ވަނީ އިއްޔެ ކަމަށެވެ. އެމްޓީސީސީން ދ އަތޮޅުގައި ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައި ފެރީގެ ހިދުމަތް ދޭން ވަނީ ނިންމައިފަ އެވެ.

އިއްޔެ އެމްޓީސީސީން ދ. އަތޮޅުގައި ލިންކް ފެރީ ހިދުމަތް ފެށިއިރު، ދެ ރޫޓަކުން ފެރީ ދަތުރު ކުރުމަށް ހަމަޖައްސާފައި ވެއެވެ. އެގޮތުން އެއްރޫޓުގައި ދ.މީދޫ، ދ.ރިނބުދޫ، ދ.ހުޅުދެލި އަދި ދ.ކުޑަހުވަދޫ އަށް ދަތުރުކުރުމަށް ވަނީ ހަމަޖައްސާފައެވެ. ދ އަތޮޅުގައި އެމްޓީސީސީ ލިންކް ފެރީން ދަތުރުކުރާ އަނެއް ރޫޓް ކަމަށްވާ ރޫޓް 407 ގައި ދަތުރު ކުރުމަށް ހަމަޖައްސާފައިވަނީ ދ.މީދޫ، ދ.ބަނޑިދޫ، ދ.ވާނީ، ދ.މާއެނބޫދޫ އަދި ދ.ކުޑަހުވަދު އަށެވެ.

ދ އަތޮޅުގެ އެއް ރަށުން އަނެއް ރަށަށް އެމްޓީސީސީ ލިންކް ފެރީގައި 20 ރުފިޔާއަށް ދަތުރު ކުރެވެއެވެ. 100 މީހުންގެ ޖާގައިގެ މިފެރީގައި ބައިސްކަލުގެ އިތުރުން ލުއި ލަގޭޖް ގެންދެވޭނެ ކަމަށް ވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެމްޓީސީސީ އިން ޖުމްލަ 6 ޒޯނަކަށް އެމްޓީސީސީ ލިންކް ފެރީގެ ހިދުމަތްދެއެވެ. އެމްޓީސީސީ ލިންކް ފެރީ ހިދުމަތުގެ ޝެޑިއުލް ތިރީގައިވާ ލިންކުން ބަލައިލެވޭނެއެވެ.
https://transport.mtcc.mv/pages/routeDetail/9