މަޖިލީހުގެ ރައީސް

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު އައްޑޫއަށް

ފަތޯނާ ފާއިޒު

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މމަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ނަޝީދު އައްޑޫއަށް ވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތުދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދުލުވުމުގައި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވަމުން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގެ އިތުރުން، އެކްސްޕޯގެ ތެރެއިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބިޒްނަސް ފޯރަމް އަދި ޑިސްކަޝަން ޕެނަލްގައި ބައިވެރިވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަކީ ރާއްޖޭގެ މާކެޓިން އެޖެންސީ، ޓައިޓަން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަކީ ދެކުނުގެ އަތޮޅުތަކުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކަށް ހާއްސަކޮށްގެން ބާއްވާ އެކްސްޕޯއެކެވެ.