ދުނިޔެ

ރައީސް ނަޝީދާއި ލައިލާ މެލޭޝިއާގެ އާ ރާޖާ އާއި ރާނީއަށް މަރުހަބާ ދަންނަވައިފި

މަރިޔަމް ޝަހުދާ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަނބިކަނބަލުން ލައިލާ އަލީ އަބްދުﷲ މެލޭޝިއާގެ އާ ރާޖާ އާއި ރާނީއަށް މަރުހަބާ ދަންނަވައިފި އެވެ.

މެލޭޝިއާގެ ރަސްގެފާނުގެ މަގާމާއި އަލުން ހަވާލުވެވަޑައިގެންނެވި ޕަހަންގް ސުލްތާން އަބްދުﷲ ރިޔާޔުއްދީން އާއި އަނބިކަނބަލުން ރާނީ ތުންކޫ އަޒީޒާ އައިމިނާ މައިމޫނާ އިސްކަންދަރިއާ އަށް ރައީސް ނަޝީދުގެ ދެކަނބަލުންގެ ނަމުގައި މަރުހަބާ ވިދާޅުވެފައިވަނީ ރައީސް ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައެވެ. އަލަށް އައްޔަން ކުރި ރަސްގެފާނާއި ރާނީއަށް ކާމިޔާބަށް އެދޭކަމަށް ރައީސް ނަޝީދު ގެ ޓުވީޓުގައި ވިދާޅުވިއެވެ.

ޕަހަންގް ސުލްތާން އަބްދުﷲ ރިޔާޔުއްދީން މަގާމާއި އަލުން ހަވާލުވެވަޑައިގެންފައި ވަނީ މީގެ ހަމަސް ކުރިން މެލޭޝިއާގެ ރަސްކަން ލިބިވަޑައިގަންނަވާ ސުލްތާން މުހައްމަދު ވީ އޮފް ކެލަޓަން މަގާމާއި ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަތުމުންނެވެ.