ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތް

ގްލޯބަލް ޔޫތު ޕީސް އެމްބަސެޑާސް 2019ގެ އޮންލައިން ޕާޓްނަރަކަށް ވަން އޮންލައިން

މަރިޔަމް ޝަހުދާ

1

ގްލޯބަލް ޔޫތު ޕީސް އެމްބަސެޑާސް 2019ގެ އޮންލައިން ޕާޓްނަރަކަށް ''ވަން އޮންލައިން'' ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ހޮޓަލް ޖެންގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ގްލޯބަލް ޔޫތު ޕީސް އެމްބަސެޑާސް 2019ގެ ޕާޓްނަރުންނާއި ސްޕޮންސަރުންގެ ގޮތުގައި ވަން އޮންލައިންގެ އިތުރުން ޖުމްލަ 14 ފަރާތަކުން ސޮއިކޮށްފައިވެއެވެ. ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު، ރަފީ އެންޖީއޯގެ ފަރާތުން ކުރިއަށްގެންދާ ގްލޯބަލް ޔޫތު ޕީސް އެމްބަސިޑާސް 2019ގެ އެމްބެސަޑަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ މިނިސްޓަރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓް، ވީއައިޕީ ހޮޓެލް ޕާޓްނަރަކަށް ހޮޓެލް ޖެން، އެކޮމޮޑޭޝަން ޕާޓްނާރަކަށް އަރާމް ސްޓޭ ބައި ނަކަތާ ޓްރެވަލްސް އަދި ކްލިއަ ސްކައި ބައި ކޮޖްންޓް، ވެނިޔޫ ޕާޓްނަރަކަށް އެމްއެންޔޫ، އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް، އެންޓަޓެއިންމަންޓް ޕާޓްނަރަކަށް ހަބޭސް، އިމަޖެންސީ މެޑިކަލް ޕާޓްނަރަކަށް އޭޑީކޭ، ފެސިލިޓޭޝަން އެންޑޯސްމަންޓް ޕާޓްނަރަކަށް ހޯކްސް، އެމްއޭސީއެލް، ޕޮލިސް، ހެޕީ މާކެޓް އަދި ކޭޓަރިންގް ޕާޓްނަރަކަށް ބުރުޒު ކޭޓަރިންގް އެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން ރަފީ އެންޖީއޯގެ ފައުންޑާ އަދި ރައީސާ، ޑރ. އައިޝަތު ރަފިއްޔާ ވަނީ މި ޕްރޮގްރާމްގެ ސްޕޮންސަރުންނާއި ޕާޓްނަރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މި ޕްރޮގްރާމަކީ ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ ބައިނަލްއަގްވާމީ ހަރަކާތަށް ވާއިރު، މިފަދަ ހަރަކާތެއް ބޭއްވުމަށް ރަފީ އެންޖީއޯ އަށް ކުރެއްވި އިތުބާރު އިހުލާސްތެރިކަމާއެކު ބަލައިގަންނަކަމަށް ރަފީ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖައްސާފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އޮގަސްޓް 28 އިން 31 އަށެވެ. އެގޮތުން މި ޕްރޮގްރާމްގައި 25 ގައުމަކުން 150 ޒުވާނުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ރަފީ އެންޖީއޯ އިން މައުލޫމާތު ދެއެވެ.

ގްލޯބަލް ޔޫތް ޕީސް އެމްބެސެޑާސް ޕްރޮގްރާމަކީ ސުލްހަވެރިކަން (ޕީސް) އަށް މަސައްކަތް ކުރާ އެމްބެސެޑަރުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން ތަމްރީނުވާ ހުރިހާ ޒުވާނުން ވެގެންދާނީ އެޒުވާނެއްގެ ގައުމުގައި ޕީސްއަށް މަސައްކަތް ކުރާ ޕީސް އެމްބެސަޑަރަކަށް ކަމަށް ރަފީ އެންޖީއޯ އިން މައުލޫމާތު ދެއެވެ. މި ޕްރޮގްރާމްގައި ހަ ގައުމަކުން ތަޖުރިބާކާރު ލެކްޗަރާއިން ބައިވެރިވާނެ ކަމަށް ރަފީ އެންޖީއޯ އިން މައުލޫމާތު ދެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟