Close
ސުޕްރީމް ކޯޓް

ދެ އަންބަށް މީހަކާ އިންނައިރު ދޮށީ އަނބީގެ ބަޔާން ނަގަންޖެހޭ ގޮތަށް ހަމަޖައްސައިފި

1

ދެ އަނތްބަށް މީހަކާ އިންނައިރު، ދޮށީ އަނބީގެ ބަޔާނެއް ކޯޓުން ނަގަންޖެހޭ ގޮތަށް ސްޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.

ސްޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އެގޮތަށް ނިންމީ، އެއް އަންބަށް ވުރެ ގިނަ އަނބީންނާ ކައިވެނި ކުރާ ފިރިހެނާއަކީ އަނބިދަރިންނަށް ހަރަދުކުރާ ފިރިހެއްނެއްކަން ކަށަވަރު ކުރުމަށް ކަމަށެވެ.

އަދި އެ ފިރިހެން މީހާއަކީ އަނބިދަރިންނަށް ހަރަދު ކުރާ މީހެއްތޯ ސާފު ކުރުމަށް ކޯޓުތަކުން މީގެ ކުރިން އަނބިމީހާގެ ބަޔާން ނެގި ނަމަވެސް ބައެއް ކޯޓުތަކުން އެކަން އެގޮތަށް މިހާރު ކުރަމުން ނުދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ސްޕްރީމް ކޯޓުގެ ސާކިއުލާގައި ވެއެވެ.

އެގޮތުން ބައެއް ކޯޓުތަކުން މިހާރު އަމަލުކުރަމުންދާ ގޮތަކީ، ކޯޓުގައި ހަރަދުގެ ރެކޯޑު ނެތް ނަމަ އެއީ އަނބިދަރިންނަށް ހަރަދުކުރާ މީހެއްގެ ގޮތުގައި ބަލަނީ ކަމަށާއި އެފަދަ ހާލަތްތަކުގައި ދެ އަންބަށް ކައިވެނިކޮށްދެނީ ދޮށީ އަނބީގެ ބަޔާނެއް ނުނަގައި ކަމަށެވެ.

އެހެންކަމުން އެއް އަންބަށް ވުރެ ގިނަ އަންބަށް ކައިވެނިކުރުމަށް އެދި ކޯޓަށް ހުށަހެޅޭ ހާލަތްތަކުގައި ފިރިހެންމީހާ އަކީ އަނބިދަރިންނަށް ހަރަދުކުރާ މީހެއްތޯ ކަށަވަރުކުރުމަށް އަނބިމީހާގެ ބަޔާން ނަގަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ސާކިޔުލާގައިވެއެވެ.

ދެ އަންބަށް މީހަކާ އިންނަ އިރު ދޮށީ އަންބަށް އެކަން އަންގައި ކޯޓުން ކުރިން އަމަލު ކުރަމުން ދިޔަ އުސޫލު ހުއްޓައިލީ 2017 ވަނަ އަހަރުއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟