ކުޅިވަރު

އައިއޯއައިޖީ ގައި ބައިވެރިވުމަށް މޮރިޝަސްއަށް ދިޔަ ދިވެހި ޓީމް ރާއްޖެ އަތުވެއްޖެ

މަރިޔަމް ޝަހުދާ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީ ގައި ބައިވެރިވުމަށް މޮރިޝަސްއަށް ދިޔަ ދިވެހި ޓީމް ރާއްޖެ އަތުވެއްޖެ އެވެ.

ދިވެހި އެތްލީޓުން ގޮވައިގެން ރާއްޖެއައި ބޯޓު ހުޅުމާލެ އެއާޕޯޓަށް ޖައްސާފައިވަނީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ. އެތްލީޓުންނަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަޑައިގެންނެވިއެވެ.

މި މުބާރާތުން ރާއްޖޭއިން ހާސިލް ކުރަން ކަނޑައެޅި އަދަދަށް މެޑަލް ހާސިލް ވުމާއި ގުޅިގެން އެކަން ފާހަގަ ކުރުމަށް މާލޭގައި އެކި ހަރަކާތްތައް ވަނީ ރޭވިފައެވެ. ރާއްޖެއިން މި މުބާރާތައް ގޮސްފައިވަނީ 15 މެޑަލް ހާސިލް ކުރުމުގެ އަމާޒަކާއެކު އެވެ. ރާއްޖެއިން 15 މެޑަލް މި މުބާރާތުން ހޯދާފައިވާއިރު މިއަހަރު އެންމެ ކާމިޔާބު ޓީމަކީ ރާއްޖޭގެ އަންހެން ޓީޓީ ޓީމެވެ.

މާލޭ ރަސްމީ ފާލަމުން އެތްލީޓުންނަށް މަރުހަބާ ކިއުމަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެފައެވެ.