ޚަބަރު

އިންޑިއާ އާއި ރާއްޖެއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

މަރިޔަމް ޝަހުދާ

އިންޑިއާ އާއި ރާއްޖެއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ސްޓްރެންތަނިންގް ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސްކިލިން އިން މޯލްޑިވްސް އެންޑް ރިލޭޓެޑް އިންފްރާ ޕްލޭންސް އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް އިކޮނޮމިން ޑިވަލޮޕްމަންޓް ފައްޔާޒް އިސްމާއިލް ސޮއިކުރެއްވި އިރު އިންޑިއާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ސްކިލް ޑިވަލޮޕްމަންޓް އެންޑް އޮންޓްރަޕްރަނާޝިޕް މަހެންދުރަ ނަތް ޕާންޑޭއެވެ.

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ސްކިލް ޑިވަލޮޕްމަންޓް އެންޑް އޮންޓްރަޕްރަނާޝިޕް މަހެންދުރަ ނަތް ޕާންޑޭ މިއަދު ޓުވީޓު ކުރެއްވި ގޮތުގައި މިިނިސްޓަރ ފައްޔާޒްގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ އެހެން އޮފިޝަލަކާ އެބޭފުޅާ މިއަދު ބައްދަލުކުރައްވާފައި ވެއެވެ. އަދި މި ބައްދަލުވުމުގައި ދެ ގައުމު އެކުގައި މަސައްކަތް ކުރާނެގޮތް މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރ މަހެންދުރަ ވިދާޅުވިއެވެ.