މަލައިކާ އަރޯރާ އަނެއްކާވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ. މިފަހަރު އޭނާ އައިސްފައިމިވަނީ ރައްޓެހިންނާއެކުއެވެ.
އިންސްޓަގްރާމް ޕޯސްޓުތަކުން އެނގޭ ގޮތުގައި މަލައިކާ ރާއްޖެ އައިސްފައިމިވަނީ މިއަދު ހެނދުނުއެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ދަ ވެސްޓް އިން މޯލްޑިވްސްގައެވެ.
މިދިޔަ އޭޕްރިލްގައިވެސް މަލައިކާ ވަނީ އޭނާގެ ބައިވެރިޔާ އަދި ބަތަލު އަރްޖުން ކަޕޫރާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ. އެފަހަރު އެދެތަރިން ޗުއްޓީ ހޭދަކުރީ ނިޔާމަ ރިސޯޓްގައެވެ.
ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައުމުގެ ކުރިން މަލައިކާ ވަނި އަރްޖުން އާއެކު ނިއުޔޯކުގައި ވެސް ޗުއްޓީ ހޭދަކޮށްފައެވެ. އެދަތުރުގައި އަރްޖުންގެ އުފަންދުވަސް ފާހަގަކުރުމުގެ އިތުރުން ފުރަތަމަ ފަހަރަށް މަލައިކާ ވަނީ އަރްޖުންއާއެކު އޮންނަ ގުޅުން މީސްމީޑިއާއަށް ތިލަ ކޮށްފައެވެ.
އެގޮތުން އަރްޖުންގެ އުފަންދުވަހު މަލައިކާ އާއި އަރްޖުން ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އަރްޖުންއަށް އުފަންދުވަހުގެ ތަހުނިޔާ ވަނީ ކިޔާފައެވެ.