ލަންޑަންގެ ކުލި ކޮންޓްރޯލް ކުރުމުގެ ބާރު ދިނުމަށް މޭޔަރު ގޮވާލައިފިއެވެ.
އިނގިރޭސިވިލާތުގެ ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އަމިއްލަ ގޭގޭގެ ކުލި ކޮންޓްރޯލް ކުރުމަށް އިނގިރޭސި ގާނޫނުގައި އޮންނަ ބާރު ބޭނުންވާ ކަމަށް ލަންޑަންގެ މޭޔަރު ސޯދިގް ހާން ވަނީ ވިދާޅުވެފައެވެ.
މޭޔަރު ވިދާޅުވީ ލަންޑަންގައި ދިގުމުއްދަތަކަށް ބޭނުންކުރެވޭ ގެތައް އިމާރާތްކުރެވެންދެން އެގައުމުގެ ކުލި ކޮންޓްރޯލް ކުރުމަށް ގާނޫނު އިސްލާހް ކުރަން ޖެހޭ ކަމަށެވެ. އަދި ޕްރައިވެޓް ރެންޓް ކޮމިޝަނެއް އުފައްދައި އެކޮމިޝަން ގެ ދަށުން ލަންޑަންގެ ކުލިތައް މޮނީޓާކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދާދިފަހުން ޖަރުމަނުގައިވެސް ވަނީ އެގައުމުގެ ގެދޮރުގެ ކުއްޔަށް ބަދަލު ނުގެނެސް ފަސް އަހަރު ވަންދެން ހިފެހެއްޓުމަށް ގާނޫނެއް އެކުލަވާލާފައެވެ.
ނިއުޔޯކުގައިވެސް ކުލި ކޮންޓްރޯލް ކުރުމަށް ވަނީ ހާއްސަ ބޯޑެއް އުފައްދައި މަސައްކަތް ފަށާފައެވެ.