ބޮލީވުޑް

އަރްޕިތާ އަދި ސޮހެއިލްގެ ދަރިފުޅާއެކު ސަލްމާންގެ ބީން ބޭޖް މޯމެންޓް

މިދުވަސްވަރަކީ މީސް މީޑިއާގައި ސަލްމާން ގިނަ ވީޑިއޯތަކެއް ހިއްސާ ކުރާ ދުވަސްވަރެކެވެ. އެގޮތުން އާއިލާގެ ވީޑިއޯތަކާއި ބޮޓަލްކަޕް ޗެލެންޖާއި ވޯކްއައުޓް ވީޑިއޯ ތަކަށް ގިނަ ބައެއްގެ ލޯބިވަނީ ލިބިގެން ގޮސްފައެވެ.

އިއްޔެ ސަލްމާން މިވަނީ އަނެެއްކާވެސް ލޯބި ވީޑިއޯއެއް ހިއްސާކޮށްފައެވެ. ވީޑިއޯގައި ފެންނަނީ ސަލްމާންގެ ކޮއްކޮ، އަރްޕިތާ އަދި ސޮހައިލްގެ ދަރިންނާއެކު ބީން ބޭޖް ޖަމްޕް މޯމެންޓެއް ރީކުރިއޭޓް ކުރުމަށް ސަލްމާން މަސައްކަތްކުރާ ތަނެވެ. އެއީ އެއްމަސް ކުރިން ސަލްމާން ހިއްސާކޮށްފައިވާ ވީޑިއޯއެއްގެ ރީކުރިއޭޝަނެވެ. 

އެގޮތުން ޔޯހަން ބީން ބޭގް މައްޗަށް ފުއްމާލުމުން އާހިލް ސަލްމާން އިން ބޭގަށް ފުންމާލައެވެ.

މަސްދުވަސް ކުރިން ހަދާފައިވާ ވީޑިއޯގައި ފެނިގެން ގޮސްފައިވަނީ ސަލްމާން އާއެކު އޭނާގެ ކޮއްކޮ ސޮހައިލް އަދި އަރްބާޒްގެ ދަރިފުޅެވެ.

މަސައްކަތުގެ މާހައުލަށް ބަލާއިރު ސަލްމާން މިހާރު ޝޫޓް ކުރަމުން އަންނަނީ ޑަބަންގް ތިނެކެވެ. އެފިލްމު ރިލީސް ކުރަނީ މިއަހަރު ޑިސެމްބަރުގައެވެ. މީގެ އިތުރުން ސަންޖޭލީލާ ބަންސާލީގެ "އިންޝާﷲ" އިންވެސް ސަލްމާން ފެނިގެންދާނެއެވެ.