ޚަބަރު

ޔޫކޭ ވިސާއަށް އެދުމުގެ ވަގުތީ ސެންޓަރެއް ހުޅުވަނީ

މަރިޔަމް ޝަހުދާ

ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ވިސާއަށް އެދުމުގެ ވަގުތީ ސެންޓަރެއް އަންނަ މަހު ފަހަކުން ހަޔަކަށް ހުޅުވުމަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީ އިން ހާމަކުރިގޮތުގައި ވިސާއަށް އެދުމުގެ ވަގުތީ ސެންޓަރަކީ ރާއްޖޭގައި ހުންނަ ޔޫކޭ އެމްބަސީގެ ފަރާތުން ހިންގާ ވަގުތީ ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރެކެވެ. އެގޮތުން މި ދެ ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ފޮރިން މިނިސްޓްރީގައި ޔޫކޭ ވިސާއަށް އެދި ހުށަހެޅުން ކުރިއަށް ދާނެ ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއެވެ. އަދި ވިސާއަށް އެދި ހުށަހެޅުމަށް http://www.vfsglobal.co.uk/lk/en މެދުވެރިކޮށް ބުކިންގް ހަދަން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

ޔޫކޭއަށް ދަތުރުކުރުމަށް ވިސާއަށް އެދުމުގެ ވަގުތީ ސެންޓަރަކީ ކޮންމެ އަހަރަކުވެސް ރާއްޖެއިން ޔޫކޭއަށް ކިޔަވަންދާ ފަރާތްތަކަށް ފަސޭހަކަމާއެކު ވިސާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހިދުމަތެކެވެ.