ޚަބަރު

ޖީވައިޕީއޭ 2019 ގެ ޝަރަފުވެރި މެހެމާނަކަށް ނަޝީދު ހަމަޖައްސައިފި

ގްލޯބަލް ޔޫތު ޕީސް އެމްބެސެޑަރ ޕްރޮގްރާމް (ޖީވައިޕީއޭ) 2019 ގެ ޝަރަފުވެރި މެހެމާނަކަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސައިފި އެވެ.

ޖީވައިޕީއޭ 2019ގެ ނިންމުމުގެ ރަސްމިއްޔާތުގެ އިތުރުން އެވޯޑް ހަފްލާގެ ޝަރަފުވެރި މެހެމާނަކަށް އައުމުގެ ދައުވަތު ނަޝީދު ގަބޫލުކުރެއްވި ކަމަށް ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރ ޕްރޮގްރާމްގެ ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވެއެވެ.

މިއަހަރު ޖީވައިޕީއޭ 2019 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ. މި ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާނީ 28 އޮގަސްޓް އިން އެކެއް ސެޕްޓެމްބަރުގެ ނިޔަލަށެވެ. މި ޕްރޮގްރާމަކީ ރަފީ އެންޖީއޯ އާއި ގުޅިގެން ސްޕޯޓް މިނިސްޓްރީ އިން ރާއްޖޭގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.