ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ބޯޑަށް ސަރުކާރުން އައްޔަންކުރާ ހަތް ޑިރެކްޓަރުން ކަނޑައަޅައި، އިއުލާންކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް ސަރުކާރުން އައްޔަންކުރާ ހަތް ޑިރެކްޓަރުން ކަނޑައަޅައި، އިއުލާންކޮށްފިއެވެ.

ދިވެހި ބޭންކުގެ ބޯޑަށް ސަރުކާރުން އައްޔަން ކުރުމަށް ކަނޑައަޅާފައިވާ މެންބަަރުންގެ ތެރެއިން، ބޭންކްގެ ސީއީއޯއަކަށް ކަނޑައަޅާފައިވަނީ ޓިމޮތީ ސޯޔާ ޓިމް އެވެ. ޑެޕިއުޓީ ސީއީއޯ އަކަށް ކަނޑައަޅާފައިވަނީ މ.އިފާއު މުހައްމަދު ޝަރީފްއެވެ.

އިތުރ މެންބަރުންގެ ގޮތުގައި ހިމެނެނީ، ޖުވައިރިޔާ ސައީދު، މއ. ކޮށީގެ، އާއި ޘަނާ މަންސޫރު، މއ. މަނަސް، އާއި ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، އާއި ހައްވާ ސަފުނާ، ހ. ވައިފިލާގެ، އާއި ހުސައިން ތައުފީގު އަލީ، މ. މުއިރި، އެވެ.

މިބޭފުޅުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާނީ، މިމަހުގެ 30 ވަނަ ދުވަހުގެރޭ ހޮޓަލް ޖެންގެ ބޯލް ރޫމްގައި ބާއްވާ އެބޭންކުގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައެވެ. ސަރުކާރުން އައްޔަންކުރާ ހަތް ޑިރެކްޓަރުންގެ އިތުރުން އާންމު ހިއްސާދާރުންގެ ފަރާތުން ތިން ޑިރެކްޓަރުން ބީއެމްއެލްގެ ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.

އެގޮތުން ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން، އެ ބޯޑުގައި މިހާރު ވެސް ތިއްބެވި، މުހައްމަދު އަބްދުއްސައްތާރު، މއ. ޓިއުލިޕްވިލާ، އާއި އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ ގެ އިތުރުން މުޅިން އަލަށް ހިއްސާ ދާރުންގެ ފަރާތުން ކުރިމަތިލައްވާ ބޭފުޅުންގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އިންޑިއާ ސަފީރަކަށް ހުންނެވި އަހުމަދު މުހައްމަދު (މަންޑޭ) ވެސް ވަނީ ކުރިމަތި ލައްވައިފައެވެ.