ބޮލީވުޑް

ދީޕިކާ އާއި ރަންވީރު އުމުރުން 80 އަހަރުގައި ތިބޭނީ މިހެން؟

އުމުރުން ދުވަސްވީމަ މީހުން ތިބޭނެ ގޮތް (ނިއު އޯލްޑް އޭޖް ފިލްޓަރ) ބަލައިލެވޭ ގޮތަށް މޯބައިލް ފޯނު ތަކަށް ތައާރަފުކުރި، އެޕްލިކޭޝަން މި ވަނީ ބޮލީ ވުޑުގެ ގިނަ ތަރީންގެ މެދުގައި މާ މަގުބޫލު އެއްޗަކަށް ވެފަ އެވެ.

ދާދި ފަހުން މަޝްހޫރު ތަރި ސޯނަމް ކަޕޫރު ވަނީ އޭނާގެ އުމުރުން 80 އަހަރުގައި ހުންނާނެ ގޮތް ކަމަށް އެޕުން ދައްކާ ފޮޓޯއެއް އިންސްޓަގްރާމްގައި ރީޝެއާ ކޮށްފަ އެވެ. އެ ފޮޓޯއަކީ ސޯނަމްގެ ސަޕޯޓަރަކު އިންސްޓްގަރާމަށް ކުރީން ލީ ފޮޓޯ އެކެވެ.

މި ފިލްޓަރު ބޭނުންކޮށްގެން ފޭނުން ދާދި ފަހުން ވަނީ ރަންވީރް ސިންގާއި ދީޕިކާ ޕަޑްކޯން އުމުރުން 80 އަހަރުގައި ތިބޭނެ ކަމަށް ލަފާކުރާ ގޮތުގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެ ފޮޓޯ އަކީ ދީޕިކާގެ ކައިވެނީގެ އަލްބަމް "ދީޕްވީރް" ގެ ފޮޓޯ އެކެވެ.

މި ފޮޓޯ ހިއްސާކުރުމުން އެތައް ބަޔަކު ވަނީ އެޔަށް ކޮމެންޓް ކުރަން ފަށައިފަ އެވެ. ގިނަ މީހުން ފާހަގަކޮށްފައިވާ ގޮތުގައި، 80 އަހަރުގައި ވެސް އެ ދެމީހުން ފެންނަނީ ފިސާރި ނަލަކޮށެވެ. 80 އަހަރުގައި ވެސް އެ ދެމީހުންގެ ރީތިކަމަށް ބަދަލެއް ނާންނަ ކަމަށް ގިނަ ފޭނުން އަންނަނީ ބުނަމުންނެވެ.