އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

އައިއޯއައިޖީގައި ރާއްޖޭގެ ފްލެގް ބެއަރާއަކަށް ޒަބީ

މަރިޔަމް ޝަހުދާ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި މިއަހަރު ރާއްޖޭގެ ފްލެގް ބެއަރާއަކަށް ބާސްކެޓް ކުޅުންތެރިޔާ އަހުމަދު ޒަބީރު (ޒަބީ) ހަމަޖައްސައިފިއެވެ.

މިމަހު 19 އިން 28ގެ ނިޔަލަށް މޮރިޝަސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައިއޯއައިޖީގެ ފްލެގް ބެއަރާއަކަށް ޒަބީ ހަމަޖައްސައި މިއަދު ޒަބީއާ ވަނީ ދިދަ ހަވާލުކޮށްފައެވެ. ޒަބީއާ ދިދަ ހަވާލުކޮށްފައިވަނީ މޮރިޝަސްއަށް ރާއްޖެ ތަމްސީލު ކުރާ ޓީމްތައް ފުރުމުގެ ކުރިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

އެންމެ ފަހުން ބޭއްވުނު އައިއޯއައިޖީގައި ރާއްޖޭގެ ފްލެގް ބެއަރާއަކީ ރާއްޖެގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ. އެއީ 2015ގައި ކުރިއަށްދިޔަ އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.