ހޮލީވުޑް

ސެލޭނާގެ އިންސްޓަގްރާމް ތާޖު ރޮނާލްޑޯ އަށް

ސެލެނޭ ގޮމޭޒް އަކީ މީގެ ކުރީ ދެއަހަރުވެސް އިންސްޓަގްރާމްގެ އެންމެ ފޮލޯވާސް ގިނަ އެއް ފަރާތެވެ. ސެލޭނާ ގެ ފޮލޯވާސް 144،312،745 އަށް އަރައެވެ. މިއީ އިންސްޓަގްރާމްގައި އަދި މިހާތަނަށް އެއްވެސް ފަރާތަކަށް ހޯދިފައި ނުވާ ފަދަ ފޭން ބޭސް އެކެވެ. 2016 ވަނަ އަހަރު ސެލޭނާ އިންސްޓަގްރާމް ކުއީން ކަން ހޯދީ އޭނާގެ ބެސްޓްފްރެންޑް ޓެއިލަރ ސްވިފްޓްގެ އަތުންނެވެ.

ނަމަވެސް 33 އަހަރުގެ ޕޯޗުގީޒްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ މިވަނީ އޭނާގެ ފޮލޯވާސް 144،320،746 އަށް އަރުވާފައެވެ. އެހެން ކަމުން މިހާރު އެންމެ ގިނަ ފޮލޯވާސް އާއި އެކީ ރޮނާލްޑޯއަކީ އިންސްޓަގްރާމް ކިންގް އެވެ.

26 އަހަރުގެ ލަވަ ކިޔުންތެރިޔާ ސެލޭނާ މިކަމާ ދެރަ ނުވާކަމަށް އޭނާ އާއި ހަވާލާދީ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ސެލޭނާގެ ފަރާތުން މީޑިއާއަށް ހަބަރު ހިއްސާ ކުރި ފަރާތުން ބުނި ގޮތުގައި އޭނާއަށް އިންސްޓަގްރާމްގެ ތާޖު ގެއްލުނުކަން އެނގުމުން ފެށީ ހޭންށެވެ. ހާއްސަކޮށް މިދުވަސްވަރު ސޯޝަލް މީޑިއާއިން ޑިޓޮކްސް ބްރޭކެއްގައި ސެލޭނާ އުޅޭތީ އާ ވެސް އެކީ ރޮނާލްޑޯގެ ފޮލޯވާސް އިތުރުވެގެން ދިއުމުން ސެލޭނާ ކަންބޮޑު ނުވާކަމަށް އޭނާ ބުންޏެވެ.

އެމީހާ އިތުރަށް ބުނީ ގޮތުގައި ސެލޭނާ އަށްވެސް ރޮނާލްޑޯ ވަރަށް ކިއުޓް ކަމަށާއި އެހެން ކަމުން ރޮނާލްޑޯގެ ފޮލޯވާސް ގިނަ ވެގެން ދިޔުމަކީ ހައިރާންވާ ކަމެއް ނޫން ކަމަށެވެ.

ސެޕްޓެމްބަރު މަހު އެލް މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ސެލޭނާ ބުނީ އޭނާ މިހާރު އިންޓަނެޓުގައި ނޫޅޭ ކަމަށެވެ. އިންްސްޓަގްރާމްގެ ޕާސްވޯޑުވެސް ނޭނގޭކަމަށް ސެލޭނާ ބުންޏެވެ. ފޯނުގައި އެއްވެސް އެޕެއްވެސް އަދި ފޮޓޯ އެޑިޓިން އެޕެއްވެސް މިހާރު ނުހުންނާނެ ކަމަށް ސެލޭނާ ބުންޏެވެ. އަދި އިންޓަނެޓުގައި ނޫޅޭތާ މަސްތަކެއް ވެފައިވާ ކަމަށް ވެސް ބުންޏެވެ.

އެމަހު ފަހުކޮޅު ސެލޭނާ ވަނީ އިންސްޓަގްރާމުގައި އަނެއްކާވެސް ސޯޝަލް މީޑިއާއިން ބްރޭކެއް ނަގާ ކަމަށް ޕޯސްޓް ކޮށްފައެވެ. ސެލޭނާ ބުނި ގޮތުގައި ސޯޝަލް މީޑިއާއިން އޭނާއަށް ލިބޭ ވޮއިސް އަށް ޝުކުރުވެރި ވިއަސް، އަމިއްލަ ދިރިއުޅުމާއިގެން އުޅެން މިދުވަސްކޮޅު މާބޮޑަށް ބޭނުންވެ އެވެ.