ޚަބަރު

ބާ ކައުންސިލްގެ ރައީސްކަމަށް މައުމޫނު ހަމީދު އިންތިހާބު ކޮށްފި

2

ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް މަޝްހޫރު ގާނޫނީ ވަކީލު މައުމޫނު ހަމީދު އިންތިހާބު ކޮށްފިއެވެ.

މި އިންތިހާބުގައި މައުމޫނު ހަމީދު ވާދަ ކުރެއްވީ މަޝްހޫރު ގާނޫނީ ވަކީލު، ކުރީގެ ބަންޑާރަ ނާއިބު، އަދި ގޮތްނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުއާ އެވެ.

މި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށްފަހު، 5:30 އިން ފެށިގެން ވޯޓު ގުނަން ފަށައިގެން މިރޭ 11:30 ހާކަންހާއިރު ވޯޓު ގުނާ ނިމި އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާގޮތުން، މައުމޫން ހަމީދަށް ލިބިވަޑައިގެންފައިވަނީ، 543 ވޯޓެވެ.

ސުއޫދަށް ލިބިވަޑައިގެންފައިވަނީ 401 ވޯޓެވެ.

ސައްހަ ވޯޓުގެ އަދަދަކީ 944 ކެވެ. ބާތިލްވޯޓުގެ އަދަދަކީ 11 އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުނުްގެ އަދަދަކީ، 1488 ކަމަށާއި 955 މީހުން ވޯޓުލާފައިވާ ކަމަށެވެ.