ވިމް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް

ޖޯން ކީލްސް ޕްރޮޕަޓީސްގެ ބިޔަ މަޝްރޫއުތަކުގެ ޕްރޮމޯޝަންގެ މަންޒިލަކަށް ރާއްޖެ!

ނުވަވަނަ ވުމަން އިން މެނޭޖްމަންޓް (ވިމް) އެވޯޑްސްގެ އެކްސްކްލޫސިވް ޕްރޮޕަޓީ ޕާޓްނަރަކަށް ހަމަޖައްސާފައިވާ ޖޯން ކީލްސް ޕްރޮޕަޓީސްއަކީ ސްރީލަންކާގެ ރިއަލް އެސްޓޭޓް ވިޔަފާރީއަށް ތަފާތު ގެނެސްދޭ ބޮޑު ކުންފުންޏެކެވެ. ބިޔަ މަޝްރޫއުތަކަށް އަމާޒު ހިފާ ޖޯން ކީލްސް ޕްރޮޕަޓީސްއަކީ މިވަނީ އެ ކުންފުނީގެ މަޝްރޫއުތައް ޕްރޮމޯޓުކުރުމަށް ރާއްޖެ އައުމަށް ހަމަޖެހިފައެވެ.

ވިމްގެ އަމާޒަކީ ތަފާތު ކުރުމެއް ނެތި ޖޯން ކީލްސް ޕްރޮޕަޓީސްގެ މަތީ ހަރުފަތްތަކަށް ފުރުސަތު ފޯރުކޮށްދިނުމެވެ. އަދި މިއީ ވިމްގެ ފަރާތުން އަންހެނުންގެ ޕްރޮފެޝަނަލް ކުރިއެރުމަށް ކުރާ މަސައްކަތްތަކާ ވަރަށް ގުޅުން ހުރި ކަމެކެވެ.

ޖޯން ކީލްސްގެ ފަރާތުން މިހާތަނަށް ފުރިހަމަކޮށްފައިވާ ރެސިޑެންޝަލް ޕްރޮޖެކްތަކުގެ އިތުރުން، އެ ކުންފުނީގެ ފަރާތުން މިހާރުވެސް ދަނީ ސިނަމަލް ލައިފް އަދި 'ޓްރައި-ޒެން' ނަމުގައި ދެ ޕްރޮޖެކްޓެއް ހިންގަމުންނެވެ. މި ދެ ޕްރޮޖެކްޓުގެ ތެރެއިން ސިނަމަން ލައިފް އަކީ ލަންކާގައި ކުރިއަށްދާ އެފަދަ ފުރަތަމަ ޕްރޮޖެކްޓެވެ. ''ސިޓީއެއްގެ ތެރޭގައި ސިޓީއެއް'' މި ހިޔާލުގެ ދަށުން ބިނާކުރެވެމުން އަންނަ މި މަޝްރޫއަކީ ކޮލަމްބޯގެ މަލަމަތި ބަދަލުކޮށްލާނެ މަޝްރޫއެކެވެ. އެގޮތުން ފަސް ތަރީގެ ފެންވަރުގެ 800 ކޮޓަރި ހިމެނޭ ސިނަމަން ހޮޓަލާއި، ޒަމާނީ ފެންވަރުގެ ވިޔަފާރި މޯލްގެ އިތުރުން، ކޮންވެންޝަން ސެންޓަރ، އަދި ލަގްޒަރީ އެޕާޓްމަންޓް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ. މީގެ އިތުރުން ކޮލަމްބޯގެ މައިހަބަށް ވެގެންދާނެ ކަމަށް ބެލެވޭ ސިނަމަން ލައިފްގައި އެންމެ މަތީ ފެންވަރުގެ ކެއުމުގެ އިންތިޒާމްތަކުގެ އިތުރުން މުޅި ދުނިޔެއިންވެސް ނަން މަޝްހޫރު ބްރޭންޑްތަކުން ވިޔަފާރިކޮށްލަން ލިބޭނެއެވެ. 2020ގައި ނިމޭނެކަމަށް އަންދާޒާ ކޮށްފައިވާ މި އެޕާޓްމަންޓްތައް އަގު ކުރެވެނީ 400،000 ޑޮލަރުން މައްޗަށެވެ.

ޖޯން ކީލްސް ޕްރޮޕަޓީސްގެ ޓްރައި-ޒެން އަކީ 2023އަށް ނިންމުމަށް އެކުންފުނިން އަމާޒު ހިފާފައިވާ ޕްރޮޖެކްޓެކެވެ. ލަންކާގެ ކޮލަމްބޯގައި ކުރިއަށްދާ މި ޕްރޮޖެކްޓަކީ މުޅިން ތަފާތު ދިރިއުޅުމުގެ ސްޓައިލެއްގެ މައްޗަށް ބިނާކޮށް ހެދިގެންދާ ތަނެކެވެ. ޒުވާން އާއިލާ އަދި މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހަދަމުންދާ މި އިމާރާތުގައި އެއް ރޫމް އަދި ތިން ރޫމްގެ ސްމާޓް އެޕާޓްމަންޓްތައް ހިމެނެއެވެ. މި އިމާރާތްތަކުގެ އަގު ފެށެނީ 24 މިލިއަން ލަންކަން ރުޕީސް އިންނެވެ.

ވިމް އެވޯޑަށް ފަހު ޖޯން ކީލްސް ޕްރޮޕަޓީސްގެ ފަރާތުން ކަސްޓަމަރުންނަށް މަޢުލޫމާތު ދިނުމަށާއި ސިނަމަން ލައިފް އަދި ޓްރައި-ޒެން މަޝްރޫގެ މައުލޫމާތު ހިއްސާކުރުމަށް ރާއްޖޭގައި ޖުލައި 16 ގެ ނިޔަލަށް މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެޕާޓްމަންޓްތަކަށް އިންވެސްޓު ކުރަން ބެނުންވާ ފަރާތްތަކަށާއި މި ދެތަނުން އެޕާޓްމަންޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ބޭންކް އޮފް ސިލޯނުގެ ފަރާތުން ލޯންތަކެއް ހަމަޖެހިފައިވެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު [email protected] ނުވަތަ އަސިރީ އަށް: 94710454586+ ނުވަތަ ރޯޝާނަރަ އަށް 94776744287+ އަށް ގުޅުމުން ލިބޭނެއެވެ.

ވިމް އެވޯޑް 2019 ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހު 13ގައި ގައުމީ ޔުނިވާރސިޓީ ފެކަލްޓީ އޮފް ހެލްތު ސައިންސް ހޯލްގައެވެ. މިއީ ވަޒީފާގެ މާހައުލުގެ މަތީ ހަރުފަތުގައި މަސައްކަތް ކުރާ އަންހެނުންނާއި އެކި އޯގަނައިޒޭޝަން ތަކުގެ އެންމެ ކުރީސަފުގައި މަސައްކަތް ކުރާ އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އިވެންޓެކެވެ.