ދުނިޔެ

ދުނިޔޭގެ އެކި ހިސާބުތަކުން ޓުވިޓާ ހުއްޓުމަކަށް

މަރިޔަމް ޝަހުދާ

ސޯޝަލް މީޑިއާ އެކްޓީވިސްޓުންގެ މެދުގައި މަގުބޫލު މައިކްރޯ ބްލޮގިންގް ޕްލެޓްފޯމް ޓުވިޓާ ދުނިޔޭގެ އެކި ހިސާބުތަކުގައި ހުއްޓުމަކަށް އަތުވެއްޖެއެވެ.

ޓުވިޓާގެ ސްޓޭޓަސް ދައްކުވައިދޭ ސައިޓުން ޓުވިޓާ އެޕްލިކޭޝަންގެ ހިދުމަތްތައް މިވަގުތަށް ކެނޑިފައިވާ ކަމަށް ދައްކައެވެ. އެކި ސޯޝަލް މީޑިއާ ސައިޓްތަކުގެ އެކްޓިވް ސްޓޭޓަސް ދައްކުވައިދޭ downdetector.com އިން ވެސް ވަނީ ދުނިޔޭގެ ކަންކޮޅުތަކުން ޓުވިޓާ ހުއްޓުމަކަށް އައިސްފައިވާކަން ކަށަވަރުކޮށްފައެވެ.

ޑިޖިޓަލް ޓްރެންޑަށް މައުލޫމާތު ދެމުން ޓުވިޓާގެ ތަރުޖަމާނު ލިންޑްސޭ މެކް-ކެލަމް ވިދާޅުވީ ޓުވިޓާ އަށް ދިމާވެފައިވާ މައްސަލަ މިހާރު ބަލަމުން އަންނަކަމަށާއި ޓުވިޓާ ސްޓޭޓަސް ޕޭޖުން ޓުވިޓާގެ ސްޓޭޓަސް ހާމަވާނެކަމަށެވެ.