ޚަބަރު

ބަނގުރާ ވިއްކަން އުޅުނުކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ވިއްކަން އުޅުނުކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކެއް ދަބަހަކަށް އަޅައިގެން ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަ ކަމަށެވެ.

އެ މައްސަލައިގައި މިއަދު 18:11 ހާއިރު އަސަރީގޯޅިން 23 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.