މިނިސްޓަރު އަލީ ވަހީދު

ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި 45 ރިސޯޓް ވުޖޫދަށް ގެނެވޭނެ: އަލީ ވަހީދު

އިބްރާހިމް ޒަކީ

ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި 45 ރިސޯޓް ވުޖޫދަށް ގެނެވޭނެ ކަމަށް މިނިސްޓަރު އޮފް ޓޫރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރިސޯޓް ތަރައްގީ ކުރުމަށް 117 ކޮންޓްރެކެޓެއްގެ މަސައްކަތް ޓޫރިޒަމް މިނިސްޓަރީއާއެކު އެގްރީމެންޓް ކުރެވިގެން ކުރިޔަށް އެބަދާ ކަމަށެވެ.

ނަމަވެސް އޭގެ ތެރޭގައި އެކަށީގެންވާ ގޮތަށް މަަަސައްކަތް ނުހިނގާ 70 ރަށް ފާހަގަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކި ސަބަބުތަކާހެދި 10 ރިސޯޓެއް ޕާކްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި، އަސްދޫ އައިލެންޑް ރިސޯޓާއި މަޑޫގަލި ރިސޯޓާއި އަލިދޫ ރިސޯޓާއި ލޯމާ ރިސޯޓް މޯލްޑިވްސް އެޓް މާމިހިލި އާއި ޑްރީމް އައިލެންޑް މޯލްޑީްވސް ކ. ވިލިވަރާއި ރަންވެލި އައިލެންޑް ރިސޯޓާއި، ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްގެ އިތުރުން ގިލިލަންކަން ފުށީ ކޮކޯ ކުޑަހިތި އާއި ވެލިދޫ އައިލެންޑް ރިސޯޓް ހިމެނޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ރަށްތައް ޕާކް ކުރަންޖެހިފައިވަނީ، ބައެއް ކަންކަން ސާފު ކުރުމަށް ކަމަށެވެ.