ވިޔަފާރި

މެގަ މޯލްޑިވްސްއިން އެމްއޭސީއެލްއަށް މިލިއަނެއްހާ ޑޮލަރު ދައްކަން ހުކުމްކޮށްފި

އެއާޕޯޓްގެ ސާވިސްޗާޖާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ އިތުރުން ޖޫރިމަނާއަށްވާ ފައިސާއާއެކު މިލިއަނެއްހާ ޑޮލަރު ދެއްކުމަށް މެގަ ގްލޯބަލް އެއާ ސާވިސަސް މޯލްޑިވްސް (މެގަ މޯލްޑިވްސް) އިން ދައުލަތަށް ދައްކަންޖެހޭ މިލިއަނެއްހާ ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން، މެގަ މޯލްޑިވްސްގެ މައްޗަށް އިއްޔެ ކުރި ހުކުމުގައިވަނީ އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި އެ އެއާލައިނުން ދައްކަންޖެހޭ ޖުމްލަ 1.014 މިލިއަން ޑޮލަރު، 10 މަސް ތެރޭ މީރާއަށް ދެއްކުމަށެވެ.

އަދި އެފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ 2،800 ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. މި ފައިސާ 10 މަސް ދުވަހު ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭ ކަމަށް ކޯޓުން ވަނީ ހުކުމުގައި ބަޔާން ކޮށްފައެވެ.

އިއްޔެގެ ނިޔަލަށް މެގަ މޯލްޑިވްސް އިން ދައުލަތަށް ދައްކަންޖެހޭ، އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި އެ އެއާލައިނުން ދައްކަންޖެހޭ ފައިސާއާއި އަދި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ދައްކާ ހަލާސް ކުރަން ޖެހޭ ކަމަށެވެ.

މެގަ މޯލްޑިވްސްއަށް ލިބުނު މާލީ ދަތިތަކާއި ގުޅިގެން އެކުންފުނިން އުދުހުންތައް ހުއްޓާލައިފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހުއެވެ.