އެވިޑް ކޮލެޖް

އެވިޑް ކޮލެޖުގައި ޔޫޓީއެމް ގެ މާސްޓަރ އޮފް ސައިންސް ކޯހެއް އަންނަ ސެޕްޓެމްބަރުގައި ފަށަން ނިންމައިފި

މެލޭޝިއާގެ ނަން މަޝްހޫރު ޔުނިވާސިޓީއެއް ކަމަށްވާ ''ޔުނިވަރސިޓީ ޓެކްނޮލޮޖީ މެލޭޝިއާ''، ޔޫޓީއެމްގެ ''މާސްޓާރ އޮފް ސައިންސް'' ކޯހެއް އެވިޑް ކޮލެޖުގައި މި ސެޕްޓެމްބަރު މަހު ފެށުމަށް ނިންމައިފިއެވެ.

މާސްޓާރ އޮފް ސައިންސް(އިންފޮމޭޝަން ޓެކްނޮލޮޖީ އެންޓަޕްރީނިއޯޝިޕް) ޕްރޮގްރާމަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދެއެވެ.

މި ކޯހަކީ ގައުމީ އަދި ދުނިޔޭގެ ފެންވަރުގައި ކާމިޔާބު ކަމާއެކު ބޭނުން ކުރެވޭ އައިޓީ އާލަތްތައް އުފައްދާ ތައާރަފުކުރަން ދަސްކޮށްދިނުމުގެ އިތުރުން ވިޔަފާރި ކުންފުނިތައް ކުރިއަރުވައި ހިންގުމުގެ ހަރުދަނާ ވިއުގައެއް އުފައްދައި ވިޔަފާރީގެ ވާދަވެރި މާހައުލެއް ގާއިމް ކުރުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ ކޯހެއް ކަމަށް އެވިޑުން ބުނެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު 45 ކޯހެއް އެވިޑު ކޮލެޖުގައި ހިންގަން ހަމަޖައްސާފައިވާ ކަމަށާއި އެއީ ސެޓްފިކެޓް ލެވެލް ތިނަކުން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތައް ކަމަށް ވެސް އެ ކޮލްޖުން ބުނެ އެވެ. މީގެ އިތުރުން ހާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް މުދައްރިސުން ތައްޔާރުކުރުމަށް ހާއްސަކޮށްގެން "ބެޗްލަރ އޮފް ޓީޗިން"، (ސްޕެޝިއަލް އެޑިޔުކޭޝަން ނީޑްސް) ޕްރޮގްރާމް ވެސް ސެޕްޓެމްބަރުގައި ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެވިޑުން ބުނެ އެވެ.