ދުނިޔެ

ފިލިޕީންސްގެ އައްސޭރިފަށަށް ކޮކޭން ލައްގަނީ

މުހައްމަދު އައުޒަމް

ފިލިޕީންސްގެ އައްސޭރިފަށަށް ކޮކޭން ލައްގަން ފަށައިފިއެވެ.

ފެން ނުވަންނަގޮތަށް ބަންދުކޮށް ބޭރުގައި އެނާޖީ ޑްރިންކެއްގެ ލޯގޯ ޖަހާފައިވާ ފޮށިތަކެއް އައްސޭރިފަށުން ފެނިފައިވަނީ އެސަރަހައްދުގައި މޫދަށް އެރިއުޅުނު ބަޔަކަށް ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ. އަދި މިމީހުންނަށް ޝައްކު އުފެދުމުން ފުލުހުންނަށް އެކަން ރިޕޯޓުކުރިކަމަށް ވަނީ ބުނެފައެވެ.

ފިލިޕީންސްގެ ފުލުހުން ތަހުލީލުކު ރުމަށްފަހު ވަނީ އެއީ ކޮކޭންކަން ޔަގީން ވެފައެވެ. އަދި އެސަރަހައްދު ބަންދުކޮށް ފުލުހުން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.

ފިލިޕީންސްގެ ނޫސްތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވަނީ މިހާތަނަށް 39 ބްލޮކް ފެނިފައިވާކަމަށް ބުނެފައެވެ. އަދި މިހާތަނަށް ފެނުނު ކޮކޭންގެ އަގު 4 މިލިޔަން އެކެރިކާ ޑޮލަރަށް އަރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފިލިޕީންސްގެ ފުލުހުން ބޮޑަށް ލަފާކުރަނީ ކޮކޭން ބްލޮކްތައް އައިސްފައިވަނީ އޮސްޓްރޭލިއާއިން ކަމަށެވެ. މިއަހަރު ކުރީކޮޅުވެސް ވަނީ ފިލިޕީންސް އަށް ކޮކޭން ލައްގައިފައެވެ. އެފަހަރު 39 ބްލޮކް ފެނިފައިވާކަމަށް މައުލޫމާތުލިބެއެވެ.